ދިރާގުން ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު ހިލޭ އުމްރާ ދަތުރާއި ސޯޝަލް މީޑިއާ އެޕްތައް ހިލޭ ބޭނުންކުރެވޭނެ ގޮތަށް ބޮޑު ރޯދަ ޕްރޮމޯޝަނެއް ތައާރަފްކޮށްފި އެވެ.
ދިރާގުން ބޮޑެތި އިނާމުތަކާއި ހިލޭ ލިބޭނެ ތަފާތު ގިނަ ހިދުމަތްތަކާއެކު ދިރާގުގެ ރޯދަ ހަދިޔާއާއި ޕްރޮމޯޝަންތައް އިއްޔެ އިއުލާން ކޮށްފައި ވާއިރު ޑިޖިޓަލް ސާވިސް ޕްރޮވައިޑަރެއްގެ ހައިސިއްޔަތުން ކުންފުނިން ކުޅޭ އިސްދައުރާ ގުޅުވައިގެން ކަސްޓަމަރުންނަށް ޑިޖިޓަލް އެތައް ހަދިޔާއެއް މިރޯދަމަހު ފޯރުކޮށްދޭނެ ކަމަށާއި މީގެ އިތުރުން ހިލޭ އުމްރާ ދަތުރާއި އަޅުކަމުގެ ކަންކަމަށް މަގުފަހިވާނެ ގޮތަށް ހިލޭ ހިދުމަތްތަކެއްވެސް ތައާރަފްކުރެވިފައިވާނެކަމަށް ދިރާގުން މައުލޫމާތު ދެއެވެ.
އެގޮތުން ދިރާގު ރަމަޟާން އުފާގެ ނަމުގައި ރޯދަ މަހުގެ ކޮންމެ ހަފްތާއަކު ދިރާގުގެ އެކްޓިވް ހުރިހާ ކަސްޓަމަރުންގެ ތެރެއިން ކޮންމެވެސް އެއް ކަސްޓަމަރަކަށް ހުރިހާ ހަރަދަކާއެކު 2 މީހަކަށް އުމްރާ ދަތުރެއް ދިނުމަށްވަނީ ނިންމާފައެވެ.
ސޯޝަލް މީޑިއާގެ އެންމެ މަގުބޫލު އެޕްލިކޭޝަންތަށް ހިލޭ ލިބޭނެ ޕްރޮމޯޝަނާއި އެކި *123*8*2# އަށް ގުޅުމުން ކޮންމެ ހަފްތާއަކު ފޭސްބްކު، ޓްވިޓާ، ސްނެޕްޗެޓް، އިންސްޓަގްރާމް، ވަޓްސްއެޕް ނުވަތަ ޕިންޓްރެސްޓް މި 6 ސޯޝަލް މީޑިއާ އެޕްތަކުގެ ތެރެއިން ކޮންމެވެސް އެއް އެޕެއް މުޅިން ހިލޭ ބޭނުންކުރެވޭނެއެވެ. އަދި ހަފްތާ ނިމުމުން ހަމަ އެ އެޕް ނުވަތަ އެހެން އެޕެއް ނެގުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފަ އެވެ.
ވައިބާ އަކީ ރާއްޖޭގައި އެންމެ މަގުބޫލު މެސެޖިންގް އެޕެކަމުން ދިރާގުން މިވަނީ މި ރަމަޟާން މަހުގެ ކޮންމެ ހުކުރު ދުވަހަކު ވައިބާ ބޭނުންކުރުމަށް އެއްވެސް ޑޭޓާ ޗާޖެއް ނުނަގާގޮތަށް މުޅިން ހިލޭ ހަމަޖައްސާފައެވެ. ހިލޭ ވައިބާ އެކްޓިވޭޓް ކުރުމަށް ޖެހޭނީ *123*8*1# އަށް ގުޅާލާށެވެ.
ރަމަޟާންމަހާ ދިމާކޮށް އެތައްދިވެހިންނެއް އުމްރާވުމަށް ސައުދީއަރަބިއްޔާއަށްދެއެވެ. ދިރާގުން ކޮންމެ އަހަރަކު ރަމަޟާން މަހު ސައުދީ އަރަބިޔާ އަށް ވަރަށް ޚާއްސަ ހެޔޮ އަގެއްގައި ގުޅޭނެ ޕްރޮމޯޝަނެއް ހިންގައެވެ. މި އަހަރުގެ ޕްރޮމޯޝަނުގައިވެސް ބަޖެޓްކޯޑް (019) ޖަހާފަ ނަންބަރު ޖެހުމުން މިނަޓަކަށް އެންމެ 1.88 ރުފިޔާ އަށް ގުޅޭނެއެވެ. މި އޮފާ ކުރިއަށް ދާނީ 27 މޭ 2017 އިންފެށިގެން 1 ޖުލައި 2017 ގެ ނިޔަލަށެވެ.
އަގުހުރި އިނާމުތަކެއްގެ އިތުރުން ދިރާގުން ވަނީ މި އަހަރު ވެސް އަޅުކަން އަދާކުރަން ފަސޭހަ ކޮށްދިނުމަށް ވެސް ހިދުމަތްތަކެއް ފޯރުކޮށްދީފައެވެ. އެ ގޮތުން، ޕްރިޕެއިޑް ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނެ މަގު ދިރާގުން ހިލޭ ފަހި ކޮށްދޭނެ އެވެ. މި ހިދުމަތް ހޯދުމަށް ގުޅަން ޖެހެނީ *123*8*4# އަށެވެ.
މީގެ އިތުރުން ނަމާދު ވަގުތު ހަނދާން ކޮށްދޭ ހިލޭ ހިދުމަތް މި އަހަރު ވެސް ދިރާގުން ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓު ކުރިން އެސްއެމްއެސްއަކުން އެކަން އަންގައިދޭ މި ހިދުމަތް ލިބޭނީ *123*8*3#އަށް ގުޅާ ސަބްސްކްރައިބް ކުރުމުންނެވެ.