ރޯދަމަހާއި ދިމާކޮށް ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި ހަތިމް ކުރުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަ ގެންދެއެވެ.
އެ ސްކޫލްގެ އިސްލާމް ކްލަބުން އިސްނަގައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށް ގެންދާއިރު ދަރިވަރުން ކޮންމެ ދުވަހަކުވެސް 1 ފޮތް ކިޔަވާގޮތައް ވަނީ ހަމަޖެހިފަ އެވެ.
އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ގްރޭޑް 4 ން ފެށިގެން ގްރޭޑް 9 ގެ ދަރިވަރުންނަށް ކަމަށާއި މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި 165 ދަރިވަރުން ބައިވެރިވެފައި ވާ ކަމަށެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އެ ސްކޫލުގެ ހޯލްގަ އެވެ. ރެކޯޑިން ޖަގައިގެން ރެކޯޑިންނާ އެއްވަރަށް ކިޔަވާ ގޮތަށް ކުރިއަށްގެންދާ މި ޕްރޮގުރާމުގެ އަމާޒަކީ ރޯދަމަސް ނިމެންދެން ކުރިއަށް ގެންދިއުން ކަމަށް ނާސިހާ ވިދާޅުވި އެވެ.
މި ޕްރޮގްރާމްގެ މަގުސަދަކީ ރަމަޟާން މަހު ދަރިވަރުން ގިނަ ވަގުތު ޤުރުއާން ކިޔެވުމުގެ ތެރޭގައި ގެންގުޅެ ރަމަޟާން މަސް ނިމޭއިރު ސްކޫލްގެ ވިހާވެސް ގިނަ ދަރިވަރުން ހަތިމް ކުރުން ކަމަށް ނާސިހާ ވިދާޅުވި އެވެ.
މިއީ މި ސްކޫލުން ހަތިމް ކުރުމުގެ ޕްރޮގްރާމް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.