twitterviber whatsapp telegramfacebookyoutube instagram
15th April 2026

ކައުންސިލަރުން ހުވާކުރެއްވުން އަންނަ ހޮނިހިރުދުވަހު ހދ އޭއީސީގަ

May 30, 2017

ހދ އަތޮޅު ކައުންސިލަށާއި ކުޅުދުއްފުށީ ރަށު ކައުންސިލަށް އަލަށް ހޮވުނު ކައުންސިލަރުން މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ޖޫން 3 ވަނަ ދުވަހު ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ބާއްވާގޮތަށް ހަމަޖައްސަވައިފި އެވެ.

ހދ އަތޮޅު ކައުންސިލަށް ހޮވުނު ކައުންސިލަރުންނާއި ކުޅުދުއްފުށީ ކައުންސިލަށް ހޮވުނު ކައުންސިލަރުންގެ ހުވާކުރެއްވުން ކުރިއަށްދާނީ ވަކިވަކިންނެވެ. މި ރަސްމިއްޔާތު ކުރިއަށްދާނީ ޖޫން 3 ވަނަ ދުވަހު ހެނދުނު 9:00 ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލްގަ އެވެ.

އާ ކައުންސިލަރުން ހުވާ ކުރެއްވުމަށްފަހު ހުވާގެ އިޤްރާރުގައި ސޮއި ކުރައްވާނެ އެވެ.

އާއްމުނަށްވެސް ވަދެވޭގޮތަށް ހުޅުވާލައިގެން ކުރިއަށްގެންދާ މިރަސްމިއްޔާތަށް މުވައްސަސާތަކުގެ ވެރިންނަށާއި ސަރުކާރުގެ އޮފީސްތަކުގެ ވެރިންނަށް ދައުވަތު އެރުވުމަށް ވަނީ ހަމަޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355