ބޭނުންވާ ތަކެތި:
ކްރީމް ޗީޒް
½ ކަޕް ހޮޓް ސޯސް
4 ޖޯޑު ކުކުޅު މަސް (ފެނު ކައްކާ ކުދިކުދިކޮށް ކޮށާފަ)
2 ޖޯޑު ޖެޑާ ޗީޒް
½ ފުށް
ހަދާނެ ގޮތް:
ކްރީމް ޗީޒް
1 ފިޔާ (ބޮޑު)
ތައްޔާރު ކުރާނެގޮތް:
ފިޔާ ފިޔަވާ އެހެން ހުރިހާ އެއްޗެއް އެއްކޮށް މޮޑެލާށެވެ. އެއަށްފަހު ފިޔާ ތޮށި މަށާލުމަށްފަހު ރިންގްސް ނެގޭނެހެން ފިޔާ ފަޅިފަޅި ކޮށްލާށެވެ. އެއަށްފަހުން ކޮންމެ ރިންގެއް ތެރެއަށް ބޮޑެލި މަސްކޮޅުން އެތިކޮޅެއްނަގާ ފިޔާކޮޅު ތެރެއަށްލާ މެދުން ބޮޅެއް އަޅާށެވެ. އެއަށްފަހު ރިންގްސްތައް ފިނިކޮށްލާށެވެ.
އެއަށްފަހު ތެލުލުމަށް ފުށް، ބިސް އަދި ބްރެޑް ކްރަމްބްސް ތެރެއަށް ލައި ރީތިކޮށް ރިންގްސް ތަކުގައި ހާކާށެވެ. އެއަށްފަހު ގޯލްޑް ކުލަ އަރަންދެން ތެލުލާށެވެ.