ރޯދައަށް އެސްޓީއޯއިން ކުޅުދުއްފުއްޓަށް ގެނައި ފިޔާ، އަލުވި އަދި ބިސް ވިއްކަން ފަށައިފި އެވެ.
ފިޔާ ބަސްތާއެއްގެ އަގު 170 ރުފިޔާއަށް ހުރިއިރު އަލުވި އުޅެނީ 220 ރުފިޔާއަށެވެ. އަދި ބިސް ކޭހެއް ވިއްކަނީ 220 ރުފިޔާއަށެވެ.
މިއަހަރު ރޯދަމަސް ފެށުނުއިރު މިތަކެތި ކުޅުދުއްފުށީ އެސްޓީއޯއަށް ގެނެވިފައިނުވާތީ ރައްޔިތުންގެ ފަރާތުން ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ.
ކުޅުދުއްފުއްޓާ ހަމައަށް މިތަކެތި ގެނައި އިރު އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިފަހަރުވެސް ވަނީ ފިޔާ، އަލުވި އަދި ބިހުގައި ލޮނުޖެހި ގިނަ އަދަދެއްގެ ތަކެއްޗަށް ގެއްލުންވެފަ އެވެ.