twitterviber whatsapp telegramfacebookyoutube instagram
27th April 2024

އުރީދޫ އިން ޓޫ ތައުސަން އައިލްސް އާއި ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފި

Jun 1, 2017

އުރީދޫއާއި ޓޫ ތައުޒަން އައިލްސް ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކުރިކަން އުރީދޫ މޯލްޑިވްސްއިން މިއަދު އިއުލާންކޮށްފިއެވެ.

މި ޕްރޮޖެކްޓަކީ މަޝްހޫރު ފޮޓޯގްރާފަރ އައިޝަތު ނަޖް އަދި ލިޔުންތެރިޔާ ޑެނިއެލް ބޮސްލޭގެ ބައިވެރިވުމާއެކު ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ ތާރީހީ ކަންކަން އެކުލަވާލުމަށް ކުރިއަށްގެންދެވޭ ޕްރޮޖެކްޓެއްކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

ޓޫ ތައުސަން އައިލްސް ޓީމް ރާއްޖޭގެ އާބަދުވެފައިވާ ހުރިހާ ރަށްރަށަށް ޒިޔާރަތްކޮށް މަސައްކަތްކުރުމަށް ބޭނުންވާ މުވާސަލާތީ އެހީތެރިކަން އޮފިޝަލް ޓެލެކޮމިއުނިކޭޝަން ޕާރޓްނަރއެއްގެ ގޮތުން އުރީދޫއިން ފޯރުކޮށްދޭނެއެވެ. އަދި މި ޕްރޮޖެކްޓްގައި ފޮޓޯ ޖަރނަލިޒަމް އަދި ޓްރެވަލް ބޮލްގިންގ މެދުވެރިކޮށް ރާއްޖޭގެ ރަށްތަކުގެ ދިރިއުޅުމާއި ވެށި ދައްކުވައިދެވޭނެއެވެ.

ޓޫ ތައުސަން އައިލްސް ޓީމުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގޮސް، ރާއްޖޭގެ މުޅިން އާ ވާހަކަތަކެއް ހޯދާ ޑޮކިއުމަންޓްކުރުމަށް ކުރާ ދަތުރަށް އެއްބާރުލުން ދިނުމަކީ އުފަލެއް ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުންމި އުރީދޫގެ ނޭޝަންވައިޑް 4ޖީ ނެޓްވަރކް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް އަޕްލޯޑް ކުރަމުންދާ ބްލޮގް ޕޯސްޓުތަކާއި ސޯޝަލް މީޑިއާ އަޕްޑޭޓްތަކުގެ އެހީގައި މި ދަތުރުގެ ކޮންމެ ފިޔަވަޅެއްވެސް، އަޅުގަނޑުމެންގެ ފޮލޮވާރޒް އާއި ހިއްސާކޮށްލެވޭނެ ކަމަށާއި މި މަސައްކަތް އުރީދޫގެ އެހީތެރިކަމާއި ނުލާ ކުރިއަތްގެންދިއުން ދަތި، އެހެންކަމުން އެކުންފުނީގެ އެއްބާރުލުން އަގުވަޒަންކޮށް ޝުކުރު އަދާކުރާ ކަމަށް ޓޫ ތައުސަން އައިލްސްގެ ކޯ ފައުންޑަރ އައިޝަތް ނަޖް ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355