twitterviber whatsapp telegramfacebookyoutube instagram
4th November 2025

އުރީދޫގެ އައިޕީއޯ ނިމި ހިއްސާ ގަތުމުގެ ފުރުސަތު ބަންދުކޮށްފި

Jun 1, 2017

އުރީދޫ މޯލްޑިވްސް އައިޕީއޯ ނިމި ހިއްސާ ގަތުމުގެ ފުރުސަތު މިއަދު ބަންދުކޮށްފިއެވެ.

އުރީދޫ ހިއްސާ ގަތުމުގެ މުއްދަތު ހުޅުވާލެވުނީ 30 އޭޕްރިލް 2017 އިން ފެށިގެން 29 މެއި 2017 ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ދުވަހަށެވެ.

އުރީދޫގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވީ ުރީދޫ މޯލްޑިވްސް އައިޕީއޯ ވެގެންދިޔައީ ވިކިފައިވާ ޙިއްޞާގެ މިންވަރަށް ބަލާއިރު ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންގޮސްފައިވާ އެންމެ ބޮޑު އައިޕީއޯއަށް ކަމަށާއި ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ދިވެހި ރައްޔިތުން ބާރުވެރިކުރުމަށް އުރީދޫ ކުރަމުންދާ މަސައްކަތަށް އިންވެސްޓްކުރެއްވި ކަމަށްޓަކައި ހިއްސާ ބައްލަވައިގަތް އެންމެހާ ބޭފުޅުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

ޙިއްޞާ ގަންނަން ހުށަހަޅާފައިވާ ފަރާތްތަކަށް މުޙިއްމު ތާރީޚްތައް:

• ޙިއްޞާ އެކަށައެޅޭނެކަމަށް ލަފާ ކުރެވޭ ތާރީޚް: 15 ޖޫން 2017

• ވިއްކުމަށް ހުށައަޅާފައިވާ އަދަދަށްވުރެ އިތުރަށް ގަންނަން ހުށައަޅާފައިވާ ހާލަތެއްގައި ފައިސާ އަނބުރާ ރައްދުކުރެވޭނެކަމަށް ލަފާކުރެވޭ ތާރީޚް: 12 ޖުލައި 2017

• ވިއްކުމަށް ހުށަހެޅިފައިވާ ޙިއްޞާ ޑިޕޮސިޓް ކުރެވޭނެ ކަމަށް ލަފާކުރެވޭ ތާރީޚް: 17 ޖުލައި 2017

• ޙިއްސާ ގަނެވިއްކަން ފެއްޓޭނެ ކަމަށް ލަފާކުރެވޭ ތާރީޚް: 07 އޮގަސްޓް 2017

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355