މާލޭ ވޯޓާ އެން ސެވަރޭޖް ކޮމްޕެނީ އިން ކުރިއަށް ގެންދިޔަ އިންސްޓަގްރާމް ފޮޓޯ ކޮމްޕެޓިޝަނަކުން ކުޅުދުއްފުށީ، އަބީރު ނަވާޒު އައްސަދު އެއްވަނަ ހޯދައިފި އެވެ.
މި މުބާރާތުގައި ނަވާޒު ނަގާފައިވާ ފޮޓޯއިން ރަމްޒުކޮށްދެނީ ފެން އިސްކުރަކުން ފައިސާ ފޮތިތަކެއް ފައިބަމުން ދާ މަންޒަރެވެ. އެ ފޮޓޯއިން ނަވާޒު މުޖުތަމަޢުއަށް ދޭން ބޭނުންވާ މެސެޖަކީ ފެން އިސްރާފުކުރުމުން، އެ އިސްރާފު ކުރެވެނީ ފައިސާ ކަމެވެ. ފޮޓޯގެ ކެޕްޝަނުގައި ވަނީ “ވެންއެވާ ޔޫ އާ ސޭވިން ވޯޓާ، ޔޫ އާ ސޭވިން މަނީ” މިހެންނެވެ.
މި މުބާރާތުގައި ނަވާޒު ނަގާފައިވާ ފޮޓޯގެ ސްކްރީން ޝޮޓެއް – ފޮޓޯ: ނަވާޒު
22 މާރޗް 2017 އިން 6 އޭޕްރިލް 2017 އަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ އެއްވަނަ އަށް ދާ ފަރާތަށް ވަނީ 10 ހާސް ރުފިޔާގެ އިނާމެއް ހުށަހަޅައިފަ އެވެ.
މިއީ އެމްޑަބްލިއުއެސްސީ އިން ދުނިޔޭގެ ފެނުގެ ދުވަހާ ގުޅުވައިގެން ފެން އިސްރާފު ކުރުމާއި ދެކޮޅަށް އަދި ދިގު މުއްދަތަކަށް ފެން ރައްކާތެރި ކުރުމުގެ ޝިޔާރުގެ ދަށުން ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތަކާއި، އިންސްޓަގްރާމް ފޮޓޯ ކޮމްޕެޓިޝަނެކެވެ.