twitterviber whatsapp telegramfacebookyoutube instagram
4th November 2025

ހދ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ނާވައިދޫގައި

Jun 3, 2017

ހދ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު ޤުރުއާން މުބާރާތް އިއްޔެ ނާވައިދޫގައި ފަށައިފި އެވެ.

“ނައިވާދޫ ޤުުރުއާން މުބާރާތް 1438” ނަމުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމަލް 64 ބައިވެރިން ބައިވެރިވެފައިވާއިރު މި މުބާރާތް ކުރިއަށް ގެންދަނީ 4 އުމުރުފުރާއަަކަށް ބަހާލައިގެންނެވެ.

ނައިވާދޫ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް ޚަތިމަކާއި ގިފްޓް ޕެކެއްވެސް ދިނުމަށް ހަމަޖެހިފައިވާއިރު މި މުބާރާތް ކުރިއަށް ގެންދަނީ ބަލައިގެން ކިޔެވުމާއި ނުބަލާ ކިޔެވުމުގެ ގޮފި ހިނެމޭގޮތަށެވެ. ނައިވާދޫ ސްކޫލުގައި ކުރިއަށް ގެންދާ މި މުބާރާތުގެ ކިޔެވުން މިއަދުވެސް ކުރިއަށް ދާނެ އެވެ.

މިޤުރުއާން މުބާރާތުގައި ވަނަވަނައަށް އަންނަ ފަރާތްތަކަށް ދޭ އިނާމް ތަކުގެ ތެރޭގައި ދެ އުމުރާ ދަތުރާއި، ބެޑް ރޫމް ސެޓަކާއި ލެޕްޓޮޕް އަދި އައިޕެޑް ފަދަ އަގުހުރި އިނާމްތައް ހިމެނެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޖަޖުން މުބާރާތް އިންސާފް ކުރައްވާއިރު މުބާރާތުގެ ނަތީޖާ ފާޅު ކުރުމާއި ވަނަވަނައަށް ހޮވޭ ދަރިވަރުންނަށް އިނާމާއި ތަށި ދިނުމަށް ހަމަޖެހިފައިވަނީ މިރޭ އެކަމަށް ހާއްސްކޮށްގެން ބާއްވާ ހަފްލާއެއްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355