twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހދ އަތޮޅު ކައުންސިލްގެ ރައީސްކަމަށް އާތިފް، ނައިބަކަށް ވަސީމް

Jun 3, 2017

ހދ. އަތޮޅު ކައުންސިލްގެ ރައީސްކަމުގެ މަގާމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު އާތިފް އިންތިހާބުކުރައްވައިފި އެވެ.

އާ ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތަށް ފަހު ހދ އަތޮޅުގެ ރައީސް ކަމާއި ނައިބު ރައީސަކު އައްޔަނުކުރަން ޖަލްސާ ބާއްވާފައިވަނީ މިއަދު ހެނދުނު 10:30 ގައި އެކައުންސިލް އިދާރާގަ އެވެ.

ރައީސްކަމުގެ މަގާމަށް ފުރުސަތު ހުޅުވާލުމުން އެކަމަށް ޝައުގުވެރިކަންފާޅުކުރެއްވީ އާތިފް އެކަންޏެވެ. އޭނާ އެމަގާމަށް އިންތިހާބުވެލެއްވީ ކައުންސިލުގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ. އެއީ 6 މެމްބަރުންގެ ވޯޓުންނެވެ. އާތިފަކީ މިދިޔަ  ދައުރުވެސް އަތޮޅު ކައުންސިލުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑި ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާވަނީ މީގެ ކުރިންވެސް އެކައުންސިލްގެ ރައީސްކަމުގެ މަގާމާއި އަތޮޅު ކައުންސިލްގެ މަގާމް އަދާކުރައްވާފަ އެވެ

ނައިބު ރައީސްކަމުގެ މަގާމަށް ދެ ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެއީ މިނިވަން ގޮތުން އިންތިހާބުވެލެއްވި ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަސީމާއި އެމްޑީޕީގެ ކައުންސިލަރު ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން ހަސަން އެވެ. ފުރަތަމަ ބުރުގައި ދެ ބޭފުޅުން ކޮންމެ ބޭފުޅަކަށް 3 ވޯޓު ލިބިގެން އެއްވަރުވުމުން، ދެވަނަ ބުރެއް ބޭއްވި އެވެ.

ދެވަނަ ބުރުގައި ނައިބު ރައީސްކަމަށް ކުރިމަތިލައްވަން ފުރުސަތު ހުޅުވާލުމުން ޝައުގުވެރިކަންފާޅުކުރެއްވީ ވަސީމް އެކަންޏެވެ. އޭނާ ނައިބް ރައީސްކަމުގެ މަގާމަށް އިންތިހާބުވެލެއްވީ 5 ވޯޓާއެކު އެވެ.

ހދ އަތޮޅު ކައުންސިލަށް 6 ބޭފުޅުން އިންތިހާބުވެވަޑައިގެންފައިވާއިރު 1 ގޮނޑި ފިޔަވާ ހުރިހާ ގޮނޑިތަކެއް ކާމިޔާބުކުރެއްވީ އިދިކޮޅު އެމްޑީޕީއިން އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355