twitterviber whatsapp telegramfacebookyoutube instagram
12th June 2025

ކުޅުދުއްފުށީ ކައުންސިލްގެ ރައީސްކަމަށް އަބުދުލް ލަތީފް، ނައިބަކަށް އަލީ ހާޝިމް އިންތިހާބުކުރައްވައިފި

Jun 3, 2017

ކުޅުދުއްފުށީ ކައުންސިލްގެ ރައީސްކަމުގެ މަގާމަށް އަބުދުލް ލަތީލް ހަސަން އަދި ނައިބު ރައީސްކަމަށް އަލީ ހާޝިމް އިންތިހާބުކުރައްވައިފި އެވެ.

އާ ކައުންސިލަރުން ހުވާ ކުރުމުގެ ރަސްމިއްޔާތަށް ފަހު ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ކަމާއި ނައިބު ރައީސަކު އައްޔަނުކުރަން ޖަލްސާ ބާއްވާފައިވަނީ މިއަދު ހެނދުނު 10:30 ގައި އެކައުންސިލް އިދާރާގަ އެވެ.

އެމްޑީޕީގެ ފަސް ކައުންސިލަރުން އިންތިހާބުވެފައިވާ ކުޅުދުއްފުށީ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލީ ފުރުސަތުގައި ނަން ހުށަހެޅުވީ އަބުދުލް ލަތީފް އެކަންޏެވެ. އޭނާ ރައީސްކަމަށް އިންތިހާބުވެލެއްވީ ކައުންސިލްގެ އަޤުލަބިއްޔަތުން 5 މެމްބަރުންގެ ތާއީދާއެކު އެވެ. އަބުދުލް ލަތީފަކީ މިދިޔަ އަހަރު އަތޮޅު ކައުންސިލްގައި ކުޅުދުއްފުށީ ދެކުނު ދާއިރާ ތަމްސީލް ކުރެއްވި ބޭފުޅެކެވެ.

ނައިބު ރައީސްކަމަށް ހުޅުވާލުމުން ނަން ހުށަހެޅުވީ އަލީ ހާސިމެވެ. ނައިބް ރައީސްގެ މަގާމަށް އަލީ ހާޝިމްވެސް އިންތިހާބުވެލެއްވީ ކައުންސިލްގެ ފުރިހަމަ އަޤުލަބިއްޔަތު ފަސް ވޯޓާއެކު އެވެ. އަލީ ހާޝިމަކީ މިދިޔަ އަހަރުވެސް ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރެކެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com