twitterviber whatsapp telegramfacebookyoutube instagram
20th July 2025

މަކުނުދޫ ކައުންސިލްގެ ރައީސްކަމަށް ޝާކިރު އިންތިހާބުކުރައްވައިފި

Jun 3, 2017

ހދ. މަކުނުދޫ ކައުންސިލްގެ ރައީސްކަމަށް މުހައްމަދު ޝާކިރު އިންތިހާބުކުރައްވައިފި އެވެ. ޝާކިރަކީ މިދިޔަ ދައުރުގައިވެސް މަކުނުދޫ ކައުންސިލްގެ ރައީސްކަން ކުރެއްވި ބޭފުޅާ އެވެ.

މަކުނުދޫ ކައުންސިލަށް މިދައުރުގައި އިންތިހާބުކުރެއްވީ ތިން ކެންޑިޑޭޓުންނެވެ.

ހުވާކުރެއްވުމަށް ފަހު ރައީސާއި ނައިބު ރައީސްކަމަށް ބޭފުޅުން އައްޔަން ކުރެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި، ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 3 ބޭފުޅުންވެސް ނަން ހުށަހެޅުއްވި އެެވެ.

އެކަމަކު ފުރަތަމަ ބުރުންވެސް ރައީސްކަމަށް އިންތިހާބުވެލެއްވީ ޕީޕީއެމްގެ، މުހައްމަދު ޝާކިރެވެ.

ނައިބު ރައީސްކަމުގެ މަގާމަށް ހުޅުވާލުމުން އެމްޑީޕީގެ ހުސެއިން ސާމީ އާއި ޕީޕީއެމްގެ އަހުމަދު ވާފިރު ނަން ހުށަހެޅުއްވި އެވެ. ނައިބް ރައީސްކަމުގެ މަގާމަށް އިންތިހާބުވެލެއްވި އަހުމަދު ވާފިރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355