މާލޭގައި ދިރިއުޅޭ ހއ. އަދި ހދ. އަތޮޅުގެ ރައްޔިތުންނަށް ހާއްސަކޮށްގެން ޕީ.ޕީ.އެމްއިން ހާއްސަ ތަރާވީހެއް ބާއްވައިފިއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި މި ތަރާވީހުގައި ވަނީ މި ދެއަތޮޅުގެ އާންމުން ބައިވެރިވެފައެވެ. އޭގެ އިތުރުން މި ހަފްލާގައި ދައުލަތުގެ ވަޒީރުންނާއި މަޖިލިސް މެމްބަރުންވެސް ވަނީ ބައިވެރިވެފައި އެވެ.
މި ތަރާވީހަކީ މާލޭގައި ދިރިއުޅޭ އެކި ރަށްރަށުގެ ބައިވެރިވެ އާންމުންނާއި ބައްދަލުކޮށް އެކި ރަށްރަށަށް ބޭނުންވާ ކަންތައްތަކާއި ތަރައްޤީގެ މަޝްރޫއުތަކާ ބެހޭގޮތުން ހިޔާލު ހޯއްދުމަށް ބޭއްވި ބައްދަލުވުމެކެވެ. އަދި މިއީ ސިލްސިލާކޮށް ދެރެއިން އެއްރޭ ބޭއްވުމަށް ހަމަޖެހިފައިވާ ތަރާވީހެއްކަމަށް ޕީޕީއެމްއިން މައުލޫމާތު ދެ އެވެ.