twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ރައީސް އަލީ މުހައްމަދުގެ ވަދާއީ ބަޔާން

Jun 4, 2017

ކުޅުދުއްފުށީގެ ކައުންސިލާއި ކުޅުދުއްފުށީގެ ރައްޔިތުންގެ ވަރަށް ގިނަ ހުވަފެންތަކެއް ވެ އެވެ. އެހެން ނަމަވެސް މިހުވަފެންތައް އަދި ވަނީ ކަޅާއި ހުދުން ލިޔެވިފައިވާ ފަތްފުއްތަކެއްގަ އެވެ. އެމަންޒަރާއި އެހުވަފެންތަކާއި އެވިސްނުންތަކުގައި ކުލަޖެހޭނެ ދުވަހަކީ ކައުންސިލް އާއި ކުޅުދުއްފުށީ ރައްޔިތުން އުފާކުރާނެ ދުވަހެކެވެ. ކުޅުދުއްފުށީ މަގުތައް ހެދި ޓޫރިޒަމް ހދ އިތުރުވެއްޖެނަމަ ކުޅުދުއްފުށީގެ މުސްތަގުބަލު އުޖާލާވީ އެވެ. އެހެންކަމުން ކައުންސިލްއާއި ކުޅުދުއްފުށީ ރައްޔިތުންގެ ދުއާއަކީ އެކަންކަން މިންވަރުކުރެއްވުމެވެ.

ކުޅުދުއްފުއްޓަށް އައިސް މަޑު ޖެހި ކުރިއަށް ގޮސްފައިނުވާ އެތަށް މަޝްރޫއެއް އެބަހުއްޓެވެ. މިއިން ކޮންމެ މަޝްރޫއުއަކީ ކުޅުދުއްފުށީގައި ފެށި ވެލި އެޅި ފޮރުވިފައިވާ މަޝްރޫއުތަކެކެވެ. މިއަދަކު މިއިން އެއްވެސް މަޝްރޫއުއެއް ފެށިކަމެއްވެސް ހަނދާން ހުރި ވެރިޔަކު ނެތްކަމީ ހިތާމަކުރާ ކަމެކެވެ. ދަންނަވަންޖެހޭ ހަގީގަތަކީ ތިލަދުންމަތީގައި އެންމެ އާބާދީ ބޮޑު ކުޅުދުއްފުއްޓަށް އެކަށީގެންވާ އަޅާލުމެއް އަދުގެ ސަރުކާރުން ނުދޭކަމެވެ.

މިރިޕޯޓް އެކުލަވާލުމުގެ ތަޥްފީޤުދެއްވި ﷲ ސުބުޙާނަހޫ ވަތައާލާއަށް ޙަމްދާ ޝުކުރުކުރަމެވެ. އަދި އެކަލާނގެ ލޮބުވެތި ނަބިއްޔާ މުހައްމަދުގެފާނަށާއި އެކަލޭގެފާނުގެ އާލު އަސްހާބުންނަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަމެވެ. އަދި ދިވެހި ޤައުމުގެ ކަންތައްތައް އިޞްލާޙްކޮށް ރަނގަޅު ކުރެއްވުމަށްޓަކައި ގައުމުގެ އިސްވެރީން އިޙްލާޞްތެރިކަމާއެކު ކުރައްވާ މަސައްކަތްޕުޅުތަކަށް ހެޔޮގޮތްތައް މެދުވެރިކޮށް ދެއްވުންއެދި ދުޢާކުރަމެވެ.

ރަށުގެ ކަންތައްތައް ހިންގުމުގައި އެހީތެރިވެދެއްވި މުވައްޒަފުންނަށާއި އަންހެން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެމްބަރުންނާއި އެންމެހާ ރައްޔިތުންނަށް ހެޔޮއެދުންތަކާ ޝުކުރު ދަންނަވަމެވެ. ﷲ ސުބުޙާނަހޫވަތަޢާލާ ދިވެހި ޤައުމަށް ހުރިހާ ގޮތެއްގައި ކުރިއަށްދިއުމުގެ ތަޥްފީޤުދެއްވާށި. އާމީން

 

ނޯޓް:  މިބަޔާންނަކީ އިއްޔެ އާ ހަމައަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސްގެ މަގާމްގައި ހުންނެވި އަލީ މުހައްމަދުގެ ވަދާއީ ބަޔާން އެވެ. މި ބަޔާން ޝާއިރުކޮށްފައިވާ މިވަނީ އެއްވެސް އުނިއިތުރުކުރެމެއް ނެތި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355