ދިރާގުން ރޯދަމަހާއި ދިމާކޮށް އަނެއްކާވެސް ފިކްސްޑް ބްރޯޑްބޭންޑްގެ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ފައިބަރ ނުވަތަ އޭ.ޑީ.އެސް.އެލް ކަނެކްޝަނެއް ހިލޭ ގުޅައިދީ ފުރަތަމަ 2 މަހުގެ މަހުފީ އިން 25%ޑިސްކައުންޓްވެސް ލިބިގެން ދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 30 ޖޫން 2017 ގެ ނިޔަލަށެވެ.
ދިރާގުން މިދިޔަ މޭ މަހުވެސް ވަނީ ފިކްސްޑް ބްރޯޑްބޭންޑްގެ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައި ވާއިރު ދިރާގުން ބުނީ މިދިޔަ މަހު ބޭއްވި ޕްރޮމޯޝަންގައި ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އަދި އަނެއްކާވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ކުރިއަށްގެންދަން ހަމަޖެއްސީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް ފަސޭހަކަމާއި އެކު ފައިބަރ އަދި އޭޑީއެސްއެލް ހިދުމަތް ހޯދުމުގެ މަގުފަހިކޮށްދިނުމަށްޓައި ކަމަށެވެ.