ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމަށް ބޭކަނބަލަކު ހަމަޖައްސަވައިފި އެވެ.
މި ޖޫންމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަފީފުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމަށް ހަމަޖައްސަވާފައިވަނީ ކުޅުދުއްފުށީ، މަލަ، ޝަޒްނާ އިބުރާހިމް އެވެ.
ބެޗެލަރ އޮފް ޓީޗިންގ ސެކަންޑަރީ ހައްދަވާފައިވާ ޝަޒްނާ އެންމެ ފުރަތަމަ ވަޒީފާ އަދާކުރެއްވީ 2005 ވަނަ އަހަރު ޖަލާލުއްދީން ސްކޫލުގެ ކެމިސްޓްރީ ޓްރެއިނިންގ ޓީޗަރެއްގެ މަގާމުގައި އެވެ.
އަފީފުއްދީން ސްކޫލަށް ބަދަލުވީ 2011 ވަނަ އަހަރު އެވެ. އަފީފުއްދީން ސްކޫލުގައިވެސް ޝަޒްނާ ކިޔަވައިދެއްވަނީ ކެމިސްޓްރީ އެވެ. ޑެޕިއުޓީ ޕްރިންސިޕަލަށް އައްޔަނުކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ ލީޑިންގ ޓީޗަރެއްގެ މަގާމުގަ އެވެ.
އަފީފުއްދީން ސްކޫލަކީ އެލްކޭޖީއިން ފެށިގެން ގުރޭޑް 10 އަކާއި ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. އެސްކޫލުގައި މިއަހަރު 700 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުންދެ އެވެ.