ރަމަޟާން މަހުގެ މިހާތަނަށް ދުނިޔޭގެ އެކޮކަންކޮޅުތަކުން އުމްރާވުމަށް 8 މިލިއަނަށްވުރެ ގިނަ މީހުން ގެފުޅަށް ޒިޔާރަތްކޮށްފައިވާ ކަމަށް މައްކާއިން ބުނެފި އެވެ.
މައްކާގެ ގަވަރްނޭޓް މިދިޔަ ހޯމަ ދުވަހު އަރަބް ނިއުސްއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ރޯދަ މަހުގެ ފުރަތަމަ 8 ދުވަހު 8 މިލިއަނަށްވުރެ ގިނަ މީހުން އުމްރާވުމަށް ގެފުޅަށް ޒިޔާރަތްކޮށްފައިވާ ކަމަށާއި، ތިރީސްހާހަށްވުރެ ގިނަ ވެހިކަލްގައި އުމްރާކުރާ މީހުން ގެފުޅަށް ގެންގޮސްދީފައިވާ ކަމަށެވެ.
މިދިޔަ އަހަރު ރޯދަމަހުގެ މިހާތަނަށް އުމްރާވުމަށް ގެފުޅަށް ވަދެފައިވަނީ 5.3 މިލިއަން މީހުންކަމަށް އަރަބް ނިއުސްއިން ރިޕޯޓް ކޮށްފައި ވެއެވެ. އަދި އެމީހުންގެ ދަތުރުފަތުރަށް ބޭނުންކޮށްފައިވަނީ 22 ހާސް އުޅަނދު ކަމަށްވެސް އެނޫހުގައި ބުނެފައި ވެއެވެ.
މި އަހަރުގެ ރޯދަމަހު 35 މިލިއަން މީހުން އުމްރާވުމަށް ގެފުޅަށް ވަންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.