twitterviber whatsapp telegramfacebookyoutube instagram
14th August 2026

ނޮޅިވަރަމު ޖަމިއްޔަތުލް ރިސާލާއިން ރަމްޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް ދަރުހެއް ބާއްވައިފި

Jun 9, 2017

– ނަސްރުﷲ ހަލީލް –

ހދ ނޮޅިވަރަމު ޖަމިއްޔަތުލް ރިސާލާއިން ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން، ދީނީ ދަރުހެއް ބާއްވައިފިއެވެ. ދަރުސް އޮތީ ރޭ 21:30 ގައި ނޮޅިވަރަމު ސުކޫލް ހޯލުގައެވެ.

“لا إله إلا الله ގެ ހަޤީޤަތް” މި މަޢުޟޫ އަށް ދަރުސް ދެއްވީ އައްޝެއިޚް އަކްރަމް ހުސައިނެވެ. ގާތްގަނޑަކަށް ދެ ގަޑިއިރުގެ މި ދަރުހުގައި “لا إله إلا الله” މި ދެ ކަލިމަޔަށް ޤުރުއާނުގައި ދެއްވާފައިވާ ނަންތަކާ، އެ ދެ ކަލިމައިގެ މާތްކަމާ މަތިވެރިކަން އަދި ޝަރުތުތައް ޝެއިޚް ވަރަށް ތަފްޞީލުކޮށް ގެނެސްދެއްވިއެވެ.

އާއްމުކޮށް ހުޅުވައިލައިގެން ބޭއްވި މި ދަރުސް އަޑުއެހުމަށް ދެ ޖިންސުގެ ގިނަ އަދަދެއް ހާޟިރުވިއެވެ.

ނޮޅިވަރަމްގައި ރޭ ބޭއްވި ދަރުސް އަޑުއެހުމަށް ވަދެ ތިބި ބައެއް މީހުން–

ޖަމިއްޔަތުލް ރިސާލާއަކީ ދީނީ އިޖްތިމާޢީ ކަންކަން ކުރިއެރުވުމަށްޓަކައި ދާދިފަހުން ރެޖިސްޓްރީ ކުރެވުނު ޖަމިއްޔާއެކެވެ. ޖަމިއްޔާ އިފްތިތާހުކުރުން އޮތީ ރޭގެ ދަރުސް ފެށުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ. ޖަމިއްޔާ އިފްތިތާހް ކޮށްދެއްވީ ނޮޅިވަރަމު ކައުންސިލްގެ ރައީސް އަހްމަދު ރަޝީދު އާދަމެވެ.

ޖަމިއްޔަތުލް ރިސާލާއިން ހާމަކުރާގޮތުގައި ކުރިޔަށް ހަރަކާތްތަކެއް ރޭވިފައި އެބަހުއްޓެވެ. އެ ގޮތުން މި ރަމަޟާންމަހު އަދި އެއް ދަރުސް ބޭއްވުމަށް ރޭވިފައިވާ ކަމަށް މައުލޫމާތު ދިނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355