twitterviber whatsapp telegramfacebookyoutube instagram
23rd June 2025

ހޮނިހިރު ބާޒާރުގައި ކަރާ ކިލޯއެއް 10ރ ވެއްޓިއްޖެ

Jun 10, 2017

ކޮންމެ ހޮނިހިރު ދުވަހަކު ކުޅުދުއްފުށީގައި އޮންނަ “ހޮނިހިރު ބާޒާރު” ގައި ކަރާގެ އަގު ވެއްޓިއްޖެ އެވެ.

މިއަދު ބާޒާރު ފެށުނުއިރު ކަރާގެ އަގު އުޅެނީ 15 ރުފިޔާ އާއި 20 ރުފިޔާއާ ދެމެދުގަ އެވެ. ނަމަވެސް ހެނދުނު ދިހައެއް ޖެހިއިރު ބާޒާރުގައި ވަނީ ކަރާ ކިލޯއެއްގެ އަގު 10 ރުފިޔާއަށް ވެއްޓިފަ އެވެ.

ގަނޑުކޮށް ކަރާ ނަގާނަމަ މިވަގުތު ކަރާ ކިލޯއެއް 8 ރުފިޔާއަށްވެސް އެބަ ވިއްކަ އެވެ. މެންދުރު 12 ޖަހާއިރު ބާޒާރު ނިމޭއިރު ވަގުތު ގާތްވާ ވަރަކަށް ކޮންމެ ފަހަރަކުވެސް އަގުތައް ދަށްވެ އެވެ.

މިއަދު ބާޒާރުގައި އެންމެ ގިނައީ ހދ ކުމުންދޫ ކަރާ އާއި ށ ގޮއިދޫ އިން ގެނެސްފައިވާ ކަރަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355