twitterviber whatsapp telegramfacebookyoutube instagram
19th April 2024

ދިއްދޫގައި އަޑުގަދަކުރާއިން ޤުރުއާން ޖެހުމަށް ކައުންސިލުން ނިންމައިފި

Jun 10, 2017

ހއ. ދިއްދޫ ކައުންސިލް އިދާރާއިން އަޑުގަދަކޮށް ޤުރުއާން ޖެހުމަށް ނިންމައިފި އެވެ.

މިގޮތަށް ކައުންސިލުން ނިންމެވީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ކައުންސިލުން ނިންމެވީ ކައުންސިލް އިދާރާގެ ލައުޑުން އަޑުގަދަކޮށް ވަކި ގަޑިތަކެއްގައި ކީރިތި ޤުރުއާން ޖެހުމަށެވެ.

އެގޮތުން ކޮންމެ ދުވަހެއް ހެނދުނު އޮފީސް ހުޅުވުމާއެކު ސޫރަތުލް ފާތިހާ ޖެހުމަށް ފަހު އޮފީސް މަސައްކަތްތައް ފެށުމާއި އަދި ކޮންމެ ރެޔަކު މަޢުރިބް ނަމާދާއި އިޝާން ނަމާދާ ދޭތެރޭގައި ސޫރަތުލް ޔާސީން ޖެހުމާއި ދަންވަރު މުނާޖާގެ އަޑުގަދަކޮށް ޖެހުން އަދި ކޮންމެ ހުކުރުދުވަހަކު ކަހަފް ސޫރަތް ޖެހުމެވެ.

މުނާޖާ ޖެހުމާއި ދެ ނަމާދު ދޭތެރޭ ޔާސީން ސޫރަތް ޖަހަން ފަށާނީ ރޯދަމަސް ނިމުމުން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމް ކޭއޯއަށް ވިދާޅުވީ މުނާޖާ ޖެހުމާއި ދެ ނަމާދު ދެމެދު ޔާސީން ސޫރަތް ޖަހަނީ ރޯދަމަސް ނިމުމުން ކަމަށެވެ. އެކަން އެގޮތަށް ނިންމީ ތަރާވީޙް ނަމާދާއި ދަންވަރު ރޭ އަޅުކަމުގައި ގިނަ ބަޔަކު އުޅޭނެތީ އުނދަގޫވެދާނެތީ ކަމަށެވެ.

އަލީ ހާޝިމް ވިދާޅުވީ ރަށުގައި އަޑުގަދަ ކުރާއިން ޤުރުއާން ޖެހުމަށް ނިންމެވީ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާންނަށް ލޯބި ޖެއްސުމާއި މިކަންކަމުގެ ސަބަބުން ރަށުތެރޭގައި ސުންނަތަށް އަމަލުކުރުން އިތުރުވެ، ރަށުތެރެ އަމާންވެގެންދާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށް ހާޝިމް ވިދާޅުވި އެވެ.

“އަޅުގަނޑުމެން އެބަ ޖެހޭ ރަށްފުށުގައި ހުންނަ އާދަކާދަ އާއި ސުންނަތުން ސާބިތުވާ މިފަދަ ކަންތައް ކުރަން އިނގޭތޯ ” ދިއްދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ކޮންމެ ދުވަހަކުވެސް ގަވާއިދުން ލޯޑް ޖަހާނެ ކަމަށާއި މިވަގުތު މިމަސައްކަތްކުރަނީ ކުރަނީ މެނުއަލްކޮށް ވިޔަސް ކުރިއަށް އޮތްތަނުގައި ސޮފްޓްވެއާއެއް އަޅައިގެން އޮޓަމެޓިކް ޖަހާގޮތަށް ގޮތަށް ހަމަޖެހިގެންދާނެ ކަމަށް ހާޝިމް ވިދާޅުވި އެވެ.

ދިއްދޫ ކައުންސިލްގެ 5 ގޮނޑިވެސް ތަމްްސީލްކުރަނީ އެމްޑީޕީއިން އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355