ކުޅުދުއްފުށީގައި އިންޑޯ ކުޅިވަރު ކޮމްޕްލެކްސް އެޅުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
މިއަދު އަމަލީ މަސައްކަތް ފަށާފައިވާއިރު މި ކޮމްޕްލެކްސް އަޅަނީ ޒޯން ސްޓޭޑިއަމްގަ އެވެ. މިތަނުގައި ބިލިޔާޑް އާއި ބެޑްމިންޓަން ކޯޓަކާއި ޖިމްއެއްގެ އިތުރުން ސެމިނާ ހޯލެއް އަދި އޮފީހެއް އެކުލެވެ އެވެ.
125 ފޫޓް ދިގު 52 ފޫޓް ފުޅާ މި އިމާރާތަކީ މަސައްކަތް ފަށާތާ 4 މަސް ތެރޭގައި ނިންމަން ޖެހޭ ތަނެކެވެ. މިމަސައްކަތް ކުރަނީ ކިޔުވަން ކޮމްޕެނީ އެވެ.
ކުޅުދުއްފުށީގައި އަޅައި ޔޫތް ސެންޓަރުގެ ކުރެހުމެއް–
މި އިންޑޯ ކުޅިވަރު ކޮމްޕްލެކްސްއަކީ ޔޫތް މިނިސްޓްރީގެ ބަޖެޓުން 4.6 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެއް ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.