ކުޅުދުއްފުށީގައި 7 ބުރީގެ އިމާރާތެއްގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަދެ އެެވެ. މިއީ މިހާތަނަށް ކުޅުދުއްފުށީގައި އަޅައި އެންމެ އުސް އިމާރާތެވެ.
އަމިއްލަ މީހަކު ގޭގައި އިމާރާތް ކުރާ މިތަނުގައި ޝީޓް އެޅުމާއި ކޮންޓްރަކްޝަންގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިންމާލެވިފަ އެވެ.
“ދަރުސް” ގޭގެ އިމާރާތްކުރާ މި ގޭގެ ވެރި މީހާ އަބުދުﷲ އައްބާސް ބުނީ މިތަނަކީ ކުއްޔަށް ދިނުމަށް ގަސްތުކޮށްގެން އަޅައި އިމާރާތެއް ކަމަށާއި އަންނަ އަހަރުގެ ތެރޭގައި އިމާރާތް ނިންމާލެވޭވަރު ވާނެ ކަމަށެވެ.
މި އިމާރާތުގައި ލިފްޓް ގޮޅި ހުންނައިރު ކޮންމެ އެޕާޓްމެންޓްގައި 3 ކޮޓަރިއާއި ސިޓިންގ ރޫމްގެ އިތުރުން ބަދިގެ ހިމެނެ އެވެ.
ކުޅުދުއްފުށީގައި އެންމެ އުސްކޮށް ހުންނަނީ 4 ބުރިއަށް ހުންނަ އިމާރާތެެވެ.