ފާއިތުވި މޭ މަހު މީރާ އަށް 1.2 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ހާމަ ކުރިި ތަފާސްހިސާބުގައި ވެއެވެ.
އެ އޮތޯރިޓީން ހާމަ ކުރާގޮތުގައި މޭ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ ކަމަށާއި އެއީ %49.0 ނުވަތަ 598.2 މިލިއަން ރުފިޔާ ކަމަށެވެ.
ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބޭންކް ޕްރޮފިޓް ޓެކްސް އެއީ 317.1 މިލިއަން ރުފިޔާ ނުވަތަ %26.0 އިން ކަމަށެވެ. އޭގެ އިތުރުން ބީ.ޕީ.ޓީ އެއީ 72.4 މިލިއަން ނުވަތަ %5.9، ގްރީން ޓެކްސް އެއީ 63.1 މިލިއަން ރުފިޔާ ނުވަތަ %5.2 އަދި އެއަރޕޯޓް ސަރވިސް ޗާރޖް އެއީ 49.1 މިލިއަން ރުފިޔާ ނުވަތަ %4.0 ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ކަމަށެވެ.
އޭގެ އިތުރުން މިދިޔަ އަހަރުގެ މޭ މަހާ އަޅާ ބަލާއިރު މިއީ 5.9 އިންސައްތަ އިތުރު އަދަދެއް ކަމަށާއި މީގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، ވިތުހޯލްޑިންގ ޓެކްސް، އެއަރޕޯޓް ސަރވިސް ޗާޖް އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ އަދަދު މިދިޔަ އަހަރުގެ މޭ މަހަށްވުރެ އިތުރުވުމުން ކަމަށް މީރާއިން ހާމަކޮށްފައި ވެއެވެ.
2017 މޭ މަހުގައި މީރާއަށް ބަލައިގަތް އާމްދަނީގެ ތެރޭގައި 35.2 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށްވެސް ތަފާސްހިސާބުގައި ވެއެވެ.