twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ނެއްލައިދޫ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ނިންމައި ހަވާލުކޮށްފި

Jun 12, 2017

ހދ. ނެއްލައިދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އިމާރާތްކުރި 2 ބުރީގެ އިމާރާތުގެ މަސައްކަތް ނިންމައި، ސްކޫލާއި ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ ބެލުމަށް ފަހު އާ އިމާރާތް ސްކޫލާއި ހަވާލުކޮށްފައިވަނީ މިދިޔަ ހޮނިހިރުދުވަހު ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ދެ ބުރީގެ މި އާ އިމާރާތުގައި ކުލާސް ރޫމުގެ އިތުރުން ސައިންސް ލެބެއް ހުރެ އެވެ.

ސްކޫލުގެ އާ އިމަރާތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން–

ސްކޫލުގެ އާ އިމާރާތާއި އެކު ކުލާސް ރޫމްގެ ޖާގައިގެ ދަތިކަން ހައްލުވެފައިވާ ކަމަށް ސްކޫލުން މައުލޫމާތުދެ އެވެ.

ނެއްލައިދޫ ސްކޫލަކީ ގުރޭޑް 12 އާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. އެ ސްކޫލުގައި މިއަހަރު 268 ދަރިވަރުން ދަނީ ތައުލީމް ހާސިލްކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355