twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރޯދަމަހު ދުވާލު ކާން ތިބި 2 މީހަކު ނޭކުރަންދޫއިން ހައްޔަރުކޮށްފި

Jun 12, 2017

އިއްޔެ ދުވާލުގެ ވަގުތުގައި ކާން ތިބި ދެ މީހަކު ހދ ނެކުރަންދޫއިން ހައްޔަރުކޮށްފި އެވެ.

ކޭއޯއަށް އެނގިފައިވާ ގޮތުގައި އެމީހުން ކާން ތިއްބަށް ފެނިފައިވަނީ އިއްޔެ ހަވީރު 5 ޖަހާއެހާއިރު، ރަށުގެ ވަލުތެރޭގައި އެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދެ ފިރިހެނުންނެވެ. އެއީ 24 އަހަރުގެ މީހަކާއި 36 އަހަރުގެ މީހެކެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ ދުވާލުގެ ވަގުތުގައި ނޭކުރަންދޫގައި ކާން ތިއްބަށް ފެނުނު 2 މީހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުންގެ ބަންދުގެ މުއްދަތަށް 7 ދުވަސް ކޯޓުން ދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355