twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ނޫރު ޖަމްއިއްޔާއިން ރޯދަމަހަށް ހާއްސަކޮށްގެން ތިން މުބާރާތެއް ބާއްވައިފި

Jun 13, 2017

ކުޅުދުއްފުށީ ނޫރު ޖަމްއިއްޔާއިން އިންތިޒާމްކޮށްގެން ރޯދަމަހު ބަންގި ގޮވުމުގެ މުބާރާތަކާއި ފިގުހު ސުވާލު މުބާރާތަކާއި ހުތުބާކިޔުމުގެ މުބާރާތެއް ބާއްވައިފި އެވެ.

މި ތިން މުބާރާތުގެ ވަނަތަކަށް ދިޔަ ދަރިވަރުންނަށް އިނާމު ދިނުމަށާއި ގުރުއާން ކުލާހުގެ ފުރަތަމަ ޓާމުގެ ނަތީޖާ ފާޅުކުރުން ބާއްވާފައި ވަނީ ހޮނިހިރު ދުވަހު ޖަލާލުއްދީން ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވާފައި ވަނީ ޖަލާލުއްދީން ސްކޫލުގެ ލީޑިންގ ޓީޗަރު ހަސަން ސަބާހް މުހައްމަދެވެ.

އަދި އެކި އުމުރުފުރާއިން ވަނަ ހޯދި ދަރިވަރުންނަށް އިނާމާއި ސެޓްފިކެޓް ހަވާލުކޮށްދެއްވާފައި ވަނީ ސީއައިޓީއެމް ގެ ހދ އަތޮޅުގެ ކޯޑިނޭޓަރ އަލްފާޟިލް އިބްރާހިމް ހަސަން އާއި މަސްޖިދުލް އުލާގެ އިމާމު އަލްފާޟިލް އަބުދުއް ސައްތާރު މުހައްމަދު އަދި ބުލޫރިވާ އަލްފާޟިލް އަހުމަދު އިބްރާހިމް އެވެ.

ބަންގި ގޮވުމުގެ މުބާރާތް ގުރޭޑް 1 ން ދަށުގެ އުމުރުފުރާގެ ވަނަތައް:-

1 ވަނަ – މުހައްމަދު މުނައިމް ސިމްތާޒް ނިވްސްޓާ

2 ވަނަ – މުހައްމަދު އަރުހަމް އުމަރު ރިދާ

3 ވަނަ – މުހައްމަދު އަރުޝަމް ނޫމާގެ

ބަންގި ގޮވުމުގެ މުބާރާތް ގުރޭޑް 1 ން މަތީގެ އުމުރުފުރާގެ ވަނަތައް:-

1 ވަނަ – އިބްރާހިމް މަލްސޫން މުހައްމަދު އައިލެންޑުވިލާ

2 ވަނަ – އަބްދުއްﷲ އިޔާދު ހަސަން ގަހާދޮށުގެ

3 ވަނަ – މުހައްމަދު ޝާއީ އަލީ ވަށަފަރުގެ

ފިގުހު ސުވާލު މުބާރާތުގެ ވަނަތައް:-

1 ވަނަ – އިބްރާހިމް މަލްސޫން މުހައްމަދު އައިލެންޑުވިލާ

1 ވަނަ – ނަދުހާ ޒަކަރިއްޔާ ސިނަމާގެ

1 ވަނަ – ފާތިމަތު ސަމާ އުމަރު ރިދާ

1 ވަނަ – އައިޝަތު މައިސާ ވިންޑޯސް

1 ވަނަ – އަހްމަދު ޝާހީން ޝަހީދް މިލްކުރާގެ

1 ވަނަ – އައިމިނަތު ނަޝާ އަބްދުއްﷲ މާހީ

1 ވަނަ – އަބްދުއްﷲ އިޔާދު ހަސަން ގަހާދޮށުގެ

1 ވަނަ – އަލީ އައްޒާމް މުހައްމަދު ކުދިރަތްމާގެ

2 ވަނަ – މުހައްމަދު އަނޫފް އަބްދުއްﷲ ޕުލާޒާ

2 ވަނަ – މަރިޔަމް ޝާޔާ ހަސަން ސަންރައިޒުގެ

3 ވަނަ – އުލްވާން އަތޫފް އަރީބް ކަލީ

ހުތުބާ ކިޔުމުގެ މުބާރާތުގެ ވަނަތައް:-

1 ވަނަ – އިބްރާހިމް މަލްސޫން މުހައްމަދު އައިލެންޑުވިލާ

2 ވަނަ – އަބްދުއްﷲ އިޔާދު ހަސަން ގަހާދޮށުގެ

3 ވަނަ – މުހައްމަދު ޝާނިހް ޝަހީދް މިލްކުރާގެ

މި ތިން މުބާރާތަކީ 3 ޖޫން އިން ފެށިގެން ނޫރު ޖަމްއިއްޔާގެ ދަރިވަރުންނަށް ހާއްސަކޮށްގެން ކުލާސްތަކުގައި ކުރިއަށް ގެންދިޔަ މުބާރާތް ތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355