twitterviber whatsapp telegramfacebookyoutube instagram
26th April 2024

ލޭ ހަދިޔާ ކުރާއިރު ރަނގަޅު ޑައިޓެއް ގެންގުޅުން މުހިއްމު

Jun 14, 2017

މިއަދަކީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ ދުވަހެވެ. ލޭ ހަދިޔާ ކުރުމަކީ ރިސްކެއް ނެގުމަށްފަހު އެހެން މީހެއްގެ ފުރާނަ ސަލާމަތް ކުރުމެވެ. އެއީ ގަދަރާއި އިހްތިރާމް ލިބޭ ކަމެކެވެ.

ސިއްހަތު ރަނގަަޅަށް ހުންނަ މީހަކަށް 3 މީހުންގެ ދިރިއުޅުން ސަލާމަތް ކުރެވޭނެ އެވެ. ލޭ ހަދިޔާ ކުރުމަކީ ސިއްހީ ގޮތުން މައްސަލައެއް ދިމާވާ ކަމެއް ނޫނެވެ. އެހެން ނަމަވެސް ސިއްހީ ގޮތުން ބަލަންޖެހޭ ކަންތަކަށް ސަމާލުކަން ދިނުމާއިއެކު ރަނގަޅު ޑައިޓެއް ގެންގުޅުންވެސް އެހާ މުހިއްމެވެ.

އެންމެ ފުރަތަމަ ކަމަކަށް ބަލަންޖެހޭނީ ހެނދުނުގެ ނާސްތާއަކީ ފައިދާހުރި މާއްދާތަކެއް އެކުލެވޭ ނާސްތާ އަކަށް ވުމެވެ. ހެނދުނުގެ ނާސްތާ ރަނގަޅު ނަމަ، ލޭ ހަދިޔާ ކުރުމުގެ ފަހުން ތުރުތުރު އެޅުމާއި ވަރުދެރަވުމުން ދުރުކޮށްދޭނެ އެވެ. އެގޮތުން ހެނދުނުގެ ނާސްތާގެ ގޮތުގައި ބިސް، ބީންސް، ސޯޔާ، ސީރިއަލް، ލެންޓިސް، ސްޕިނިޗް ފަދަ ތަކެތި ހިމަނާލާށެވެ. އެންމެ އެއްޗެން ނޫނެވެ. އަޔަން އެކުލެވޭ މާއްދާތަށް ލޭ ހަދިޔާގެ ކުރުމުގެ ހަފްތާއެއް ކުރިން ގިނައިން ކާށެވެ. އޭގެ ތެރޭގައި ސްޓޯބެރީ، ސިޓްރަސް ފުރުޓްސް އަދި ކަރާވެސް ހިމެނެއެވެ. ލޭ ހަދިޔާ ކުރަން ހެނދުނު ދާއިރު ހެނދުނުގެ ސައިބުއިމަށްފަހު ކަރާކޮޅެއް ކާލާށެވެ.

ހަމައެއާއި އެކު ގިނައިން ފެން ބުއިމަށް އާދަ ކުރާށެވެ. ލޭ ހަދިޔާ ކުރުމުގެ ދެ ތިން ގަޑިއިރެއް ކުރިން ގިނައިން ފެންބޯށެވެ. އަދި ކޮފީ އަދި ސައި ފަދަ ކެފެއިން އެކުލެވޭ މާއްދާތަށް މަދުކުމަކީ “މަސްޓް” ކަމެކެވެ. މި ދެކަމަށް ސަމާލުވާށެވެ. ތަފާތު ފާހަގަ ކޮށްލެވޭނެ އެވެ.

އެހެންމީހަކަށް އެހީވެދޭ އިރު އަމިއްލަ ސިއްހަތަށް ބަލައިގެން އުޅުމަށް އާދަކުރާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355