twitterviber whatsapp telegramfacebookyoutube instagram
19th April 2024

 އަފީފުއްދީން ސްކޫލުގެ ފުރަގަހުގައި އޮންނަ ހުސްބިން ހޯދަން އެސްކޫލުން އެދިއްޖެ

Jun 14, 2017

އަފީފުއްދީން ސްކޫލުގެ ފުރަގަހުގައި އޮންނަ ކުޅި ސަރަހައްދު އެކުލެވޭ ހުސްބިން، އެސްކޫލުން ހޯދަން ކައުންސިލްގައި އެދިއްޖެ އެވެ.

އަފީފުއްދީން އެދިފައިވަނީ އެސްކޫލަށް ކުޅޭ ބިމެއް ނެތުމުން އެކަމުގައި ދިމާވާ ދަތިކަން ހައްލުކުރުމަށެވެ. މީގެ ކުރިން އެސްކޫލުގެ ކުޅޭ ސަރަހައްދުގެ ގޮތުގައި ބޭނުންކުރި ބައެއްގައި ވަނީ ތިން ބުރީގެ ކުލާސް ބުލޮކެއް އިމާރާތްކޮށްފަ އެވެ. އަދި އޭގެ ފަހުން ބޭނުން ކުރަމުން އަންނަނީ ސްޓޭޑިއަމްގެ ބިމެކެވެ. ނަމަވެސް މިހާރު އެބިމުގައި ދަނީ ޔޫތް ސެންޓަރު އިމާރާތްކުރުމަށް ނަގާފަ އެވެ.

މީގެ ކުރިންވެސް އެސްކޫލުން ވަނީ ކުޅޭ ބިމެއް ހޯދަން އެދިފަ އެވެ. އަފީފުއްދީން ސްކޫލުން މިކަމުގައި ވަނީ ކުޅުދުއްފުށީ ކައުންސިލް މެމްބަރުންނާ ބައްދަލުކޮށް އެކަމަށް އެދިފަ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލްލަތީފް ވިދާޅުވީގޮތުގައި އަފީފުއްދީން ސްކޫލުގައި ކުޅޭ ބިމެއް ހެދުމަށް އެސްކޫލުގެ ފުރަގަހުގައި އޮންނަ ހުސް ބިމުން ބައެއް ހޯދުމަށް އެދިފައިވާ ކަމަށެވެ. އެ ބިން ދޭނީ އެއްކޮށް ތޯ ނުވަތަ ކުޅިވަރު ކުޅޭނެ ބިމެއް ނެނގޭވަރުގެ ސަރަހައްދެއް ތޯ ދޭނީ އަދި ނުނިންމާ ކަމަށާއި އެގޮތަށް ނިންމާނީ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު ބައްދަލުވުމަކުން ކަމަށް ލަތީފް ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ އުތުރުކޮޅުގައި އޮންނަ ހިތްގައިމު މަށި ކުޅީގައި އެއާޕޯޓެއް ހަދަން ރައީސް ޔާމީން އިއުލާން ކުރެއްވި ދުވަހުން ފެށިގެން އެ ކުޅި ހިމާޔަތްކުރުމަށް ދަނީ ތިމާވެށިގެ އެކްޓިވިސްޓުން ގޮވާލަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355