twitterviber whatsapp telegramfacebookyoutube instagram
24th May 2025

ތަރައްގީގެ މަޝްރޫއުތައް ކައުންސިލާ ހިއްސާނުކުރާތީ ކަންބޮޑުވުންފާޅުކޮށްފި

Jun 15, 2017

ސަރުކާރުން ކުޅުދުއްފުށީގައި ކުރިއަށްގެންދާ ތަރައްގީގެ ބައެއް މަޝްރޫއުތައް ކައުންސިލާ ހިއްސާކުރަމުން ނުދާތީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

ކޭއޯގައި ވާހަކަ ދައްކަވަމުން އަބުދުލް ލަތީފް ވިދާޅުވީ ސަރުކާރުން ރަށުގައި ކުރިއަށްގެންދާ ބައެއް މަޝްރޫއުތައް ކުރިއަށްގެންދަނީ ރައްޔިތުންނާއި ކައުންސިލުން އެންމެ އެދޭގޮތަށް ނޫންކަމަށެވެ. އަދި އެ މަޝްރޫއުތައް ކުރިއަށްގެންދާ ގޮތާއި ބެހޭ ތަފްސީލެއް ކައުންސިލާ ސަރުކާރުން ހިއްސާކުރަމުން ނުދާތީ ކަންބޮޑުވާކަމަށް ލަތީފް ވިދާޅުވި އެވެ.

ލަތީފްގެ ވާހަކަގައި ބޮޑަށް އަލިއަޅުވާލާފައިވަނީ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާ ގޮތާއި ޔޫތް ސެންޓަރުގެ މަޝްރޫއު އެވެ.

މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާގޮތުން ގިނަ ރައްޔިތުންގެ ފަރާތުން ޝަކުވާ ވަނީ ކައުންސިލާ ހިއްސާކޮށްފަ އެވެ. އަދި ބަނދަރު މަގުގެ ރޯޑް ޑިވައިޑަރުގެ މައްސަލާގައިވެސް ގިނަ ބަޔަކު ހިތްހަމަނުޖެހުން ވަނީ ކައުންސިލާ ހިއްސާކޮށްފަ އެވެ. މީގެ އިތުރުން ދާދި ފަހުން ކުޅުދުއްފުށީގައި އަޅަން ފެށި ޔޫތް ސެންޓަރުގައި ކުޅެވޭ ކުޅިވަރުތައް މަދު ވެގެން އެކަމުގެ ޝަކުވާވެސް ވަނީ ޒުވާނުންގެ ތެރެއިން ބަޔަކު ކައުންސިލަށް ހުށަހަޅާފަ އެވެ.

އަބުދުލް ލަތީފް ވިދާޅުވީ އެއްވެސް މަޝްރޫއުއެއް ހުއްޓި، މަޑުޖެހެން ކައުންސިލުން ބޭނުން ނުވާކަމަށެވެ. ލަތީފް ވިދާޅުވީ އެކަންތައްތައް ހައްލުކުރުމަށް ކައުންސިލުން ސަރުކާރުގެ މުވައްސަސާތަކާއި ގުޅިގެން ހައްލުކުރޭވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަޝްރޫއުތައް ފެށުމުގެ ކުރިން އެމަޝްރޫއުއާ ބެހޭ ތަފްސީލް ކައުންސިލާ އެނގޭނަމަ މިހާރު ދިމާވާ ފަދަ މައްސަލަތައް މަދުވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355