twitterviber whatsapp telegramfacebookyoutube instagram
7th September 2025

ރެސިޕީ: އަލުވި ކަވާބު

Jun 17, 2017

ބޭނުންވާ ތަކެތި

1 ޖޯޑު ހިމުންކޮށް ކޮށާފައިހުރި ރޯމަސް

3 ޖޯޑު ފެނުކައްކާ ޗަސްކޮށްފަހުރި އަލުވި

2 ރޯ މީރުސް (ހިމުންކޮށް ކޮށާފަ)

2 ފިޔާ (ވަރަށް ހިމުންކޮށް ކޮށާފަ)

2 ހިކަނދިފަތް (ހިމުންކޮށް ކޮށާފަ)

2 ލުނބޯހެ ހުތް

1 ސައިސަމުސާ މުގުުރި އަސޭމިރުސް

1 ޖޯޑު ފުށް

ލޮނުކޮޅެއް

ތައްޔާރު ކުރާނެގޮތް:

ފިޔާ، މިރުސް، ލޮނު އަދި މަސްއެއްކޮށް މޮޑެލާށެވެ. ދެން އަސޭމިރުސް، އަޖިނަމޮޓޯ، ހިކަނދިފަތް. ހުތް، އަލުވި ކުރީގެ ބަޔާއެއްކޮށް ގުޅަވެށޭވަރަށް މޮޑެލާށެވެ. ދެން ކުކުޅު ބިސް ޝޭޕަށް ގުޅާވަށާލާފައި ބަހައްޓާށެވެ. ދެން ފުށްކޮޅު ފެން ފެންފޮދަކާއި ކުލަ ހިފާވަރަށް ރީދޫކޮޅެއް ލާފައި އޮލަކޮށް ގިރާލާށެވެ. ތަވާ އުދާލާފައި ތެޔޮ އަޅާލާށެވެ. ތެޔޮ ކެކިގަތީމައި ކަވާބްތައް ގިރާފައި ހުރި ފުށަށް ލާފައި ތެލުލާށެވެ.

މަސްދަރު: ކާނާ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355