twitterviber whatsapp telegramfacebookyoutube instagram
17th February 2026

އިސްމާއިލްގެ މަރުގެ މައްސަލައިގައި އިތުރު ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފި

Jun 17, 2017

ހއ. އިހަވަންދޫގައި މީހަކު މަރާލާފައި އޮއްވާ ފެނުނު މައްސަލައިގައި އިތުރު ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.

އިހަވަންދޫގައި ހިންގާ އައިސް ޕްލާންޓެއްގެ ތެރެގައި އިއްޔެ ހަވީރު މަރާލާފައި އޮއްވައި ފެނިފައިވަނީ އެފެކްޓްރީގެ މެކޭނިކަކަށް އުޅޭ ޅ. ހިންނަވަރު، އިސްމާއިލް (54އ) އެވެ.

އިސްމާއިލްގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ފުރަތަމަ ބިދޭސީ މީހާ ހައްޔަރުކޮށްފައިވަނީ ފިލައިގެން ކުޅުދުއްފުށީގައި އުޅެނިކޮށެވެ.

ފުލުހުން މިއަދު ބުނީ އިސްމާއިލްގެ މަރުގެ މައްސަލާގައި އިތުރު ހަތަރު ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެމައްސަލާގައި ހައްޔަރުކުރި މީހުންގެ އަދަދު މިހާރުވަނީ ފަހަކަށް އަރާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355