twitterviber whatsapp telegramfacebookyoutube instagram
20th July 2025

ބީއެމްއެލްގެ “އީދު ވެދުން” މުޖުތަމައުތަކަށް ހާއްސަ އެހީއެއް

Jun 21, 2017

ބޭންކު އޮފް މޯލްޑިވްސް އާއި އެބޭންކްގެ މުވައްޒަފުންް ގުޅިގެން ކޮންމެ އަހަރަކު އެއްފަހަރު ހިންގާ “ޢީދު ވެދުން” ހަރަކާތުގެ ދަށުން ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މޮޓޮރައިޒްޑް ވީލްޗެއަރތަކެއް ހަދިޔާކޮށްފިއެވެ.

މިއަހަރުގެ “ޢީދު ވެދުން”ގެ ގޮތުގައި ހަދިޔާކުރާ މޮޓޮރައިޒްޑް ވީލްޗެއަރތައް ފަސް ރަށެއްގެ ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ 15 މީހަކަށް ފޯރުކޮށްދީފައި ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

މި ހަރަކާތް ފަށާފައިވަނީ ކ. މާފުށީގައި މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ބޭންކްގެ މުވައްޒަފުންވަނީ މި ހަދިޔާ ލިބޭ އެރަށުގެ ރައްޔިތުންނަށް ލިބޭ ވީލްޗެއަރތައް ހަދިޔާ ކޮށްފައެވެ.

އިޖްތިމާޢީ މިފަދަ މުހިންމުކަންކަމަށް އެހީވުމަށް ކޮންމެ އަހަރަކުވެސް ބީއެމްއެލްގެ މުވައްޒަފުން ފަންޑްރައިޒްކުރުމުން ބީއެމްއެލްއިން އެމިންވަރާއި އެއްވަރުގެ އެހީއެއް ފޯރުކޮށްދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355