ހަނިމާދޫއާއި ހޯރަފުށީގެ ބޯފެނުގެ ނިޒާމް ގާއިމްކުރުމުގެ އެއްބަސްވުމުގައި މާލޭ ވޯޓާރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އާއެކު އިއްޔެ ސޮއިކޮށްފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޠާރިޤް އިބްރާހީމެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދެވެ.
99 މިލިއަން ރުފިޔާގެ މި ދެ އެއްބަސްވުމުގައި ސޮއިކުރާތާ ސޯޅަ މަސްދުވަސް ދުވަސްތެރޭގައި މި މަސައްކަތް ނިންމަންޖެހެއެވެ. އެގޮތުން ހަމިނާދޫގައި 84 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓައި، 16 ކިލޯ މީޓަރުގެ ވިއުގައެއް ގާއިމުކުރަން ޖެހެއެވެ. އަދި ހޯރަފުށީގައި 78 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓައި، 19 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމުކުރަން ޖެހެއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ޠާރިޤު ވަނީ ރައީސް ޔާމިންގެ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތަށް ފޯރުކޮށްދެއްވުމަށް ދެއްވާ އަހަންމިޔަތަށް
އަލިއަޅުވާލައްވާފައި އެވެ.
މި މަޝްރޫއު ނިމުމުން މިދެރަށުގެ ހުރިހާ ގޭބިސީތަކާއި އަދި މުއައްސަސާތަކަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ބޯފެން ގުޅައިދެވޭނެއެވެ.