twitterviber whatsapp telegramfacebookyoutube instagram
24th April 2024

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ކައުންސިލުން ފަށައިފި

Jun 22, 2017

އަންނަ މަހު 5 ގައި ފަށައި މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ރަށް ތައްޔާރުކުރުމުގެ މަސައްކަތް ޖަމިއްޔާތަކާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލުން ފަށައިފި އެވެ.

އެގޮތުން ކައުންސިލުން ވަނީ ރޭގައި ކުޅުދުއްފުށީގައި ކުލަބު ޖަމިއްޔާތަކާ ބައްދަލުކޮށް މަޝްވަރާތައް ފަށާފަ އެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވީ މިމުބާރާތުގެ ފައިނަލް ބުރުގެ އުތުރުން ކުޅުދުއްފުށީގައި ބާއްވަން ހަމަޖެހިގެން ދިއުމުން މުބާރާތުގެ ކަންތައްތައް އިންތިޒާމުކުރުމާއި ޓީމްތަކަށް މަރުހަބާ ކިޔުމަށް އެންމެހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމަށެވެ.

އަބުދުލް ލަތީފް ވިދާޅުވީ އޭގެ ސަބަބުން ރަށަށް ފައިދާތަކެއްވެސް ކުރާނެ ކަމަށެވެ. އަދި މިމުބާރާތް ކާމިޔާބު މުބާރާތްތަކަށް ވެއްޖެނަމަ ރަށަށް ރީތި ނަމެއްވެސް ލިބިގެންދާނެކަމަށް ލަތީފް ފާހަގަކުރެއްވި އެވެ.

ކުޅުދުއްފުށީގެ ބައެއް ކުލަބު ޖަމިއްޔާތަކުގެ ބޭފުޅުން–

ކުރިއަށް އޮތް މިފަދަ ބޮޑެތި މުބާރާތްތައް ކުޅުދުއްފުއްޓަށް ފަސޭހައިން ގެނެވޭނީ މިމުބާރާތް ކާމިޔާބު މުބާރާތް ހެދިގެން ކަމަށާއި މިފަހަރުވެސް ހޯސްޓްކުރުމަށް ކުޅުދުއްފުއްޓަށް ފުރުސަތު ލިބިގެންދިޔައީ ވަރަށް ވާދަވެރިގޮތަކަންކަމަށް އަބުދުލް ލަތީފް ވިދާޅުވި އެވެ.

” މުޅި ރާއްޖެއަށް ފެނިގެން ހިންގައްޖެ ކުޅުދުއްފުށީ ރައްޔިތުން، ޒުވާނުން ފުޓްބޯޅައަށް ދެއްކި ފޯރި. ރީތި ނަމޫނާ، އެހެންވެ ކަންނޭނގޭ މިފަހަރު މިފުރުސަތު މިރަށަށް މިލިބުނީ ” ކައުންސިލް ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355