އިހަވަންދޫގައި ފުލުހުން މިހާރު ހިންގަމުން އަންނަ ހައްސަ އޮޕަރޭޝަންގައި 5 މީހަކު ހައްޔަރުކޮށްފި އެވެ.
ކޯޓް އަމުރެއްގެ ދަށުން އެ ރަށުގެ ގެ އެއް ބަލާ ފާސްކޮށް ރޭ 5 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ ތެރެއިން ފުރަތަމަ ހައްޔަރުކޮށްފައި ވަނީ އަންހެނަކާއި ފިރިހެނެކެވެ. އެދެމީހުން ހައްޔަރުކުރީ މީހުން ދިރިނޫޅޭ ގެއެއްގެ ތެރެއިންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އިހަވަންދޫގައި ކުރިއަށް ގެންދަނީ މަސްތުވާތަކެތި ހޯދުމުގެ ހާއްސަ އޮޕަރޭޝަނެކެވެ. ނަމަވެސް އެ ރަށުން ބަޔަކު ހައްޔަރު ކުރީ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.