twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޤުރުއާނާ ބެހޭ މަރުކަޒުން ޖުލައި މަހު 2 ކޯހެއް ފަށާނީ

Jun 22, 2017

ޤުރުއާނާބެހޭ މަރުކަޒު ކުޅުުދުއްފުށީ ގޮފިން އަންނަ ޖުލައި މަހު 2 ކޯހެއް ފެށުމަށް ހަމަޖެހިއްޖެ އެވެ.

އެގޮތުން ފެށުމަށް ހަމަޖެހިފައިވަނީ ޤިރާއަތު ސެޓްފިކެޓް 1 އަދި ސެޓްފިކެޓް 2 ކެވެ.

ޤިރާއަތު ސެޓްފިކެޓް 1 ގައި ބައިވެރިވެވޭނީ ގްރޭޑް 7 ނިންމާ އުމުރުން 16 އަހަރުފުރި އަދި މަރުކަޒުންދޭ ބަސްތީގަތުމުން ފާސްވުމުންނެވެ. މި ކޯހުގެ މުއްދަތަކީ 2 މަސްދުވަހެވެ.

ޤިރާއަތު ސެޓްފިކެޓް 2 ގައި ބައިވެރިވެވޭނީ ޤިރާއަތު ސެޓްފިކެޓް 1 ހަދާ ފާސްވެފައިވުން އަދި މަރުކަޒުންދޭ ބަސްދީގަތުމުން ފާސްވުމުންނެވެ. މި ކޯހުގެ މުއްދަތަކީ 1 ސެމިސްޓާރ އެވެ.

ކޯސްތަކުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ކޯހަށް ފޯމް ހުށައެޅުމުގެ ފުރުސަތު 13 ޖުލައި 2017 ވަނަ ދުވަހު 13:00 ހަމައަށް ހުޅުވާލާފައި ވާއިރު ކޮންމެ ކޯހަކަށްވެސް 20 ޖާގަ ވަނީ ހުޅުވާލާފަ އެވެ.

ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން ކުރިއަށްދާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00 ން 13:00 އަށް ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355