twitterviber whatsapp telegramfacebookyoutube instagram
26th April 2024

މިއަހަރުވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން ސްޓޭޑިއަމްގަ

Jun 22, 2017

ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުން ކުޅުދުއްފުށީ ސްޓޭޑިއަމްގައި ބާއްވާ ނިންމައިފި އެވެ.

ކައުންސިލުންގެ ބުނީ މިއަހަރުވެސް އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުން ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ސްޓޭޑިއަމްގަ ކަމަށެވެ. ސްޓޭޑިއަމްގައި އިތުރުން އީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ހުކުރު މިސްކިތުގަ އެކަނިކަމަށެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ޝެއިހް އަބުދުލް ސަލާމް ދާއޫދެވެ.

ފުރަތަމަ ކައުންސިލުން މަސައްކަތް ކުރީ ބިޑްކޮށްގެން ބަޔަކާ ހަވާލުކޮށްގެން އީދު ނަމާދުކުރާ ގޮތަށެވެ. ނަމަވެސް ކައުންސިލުން އެއިއުލާން ފަހުން ވަނީ ބާތިލްކޮށްފަ އެވެ.

މިއަހަރުވެެސް އީދު ނަމާދު ބޮޑު ޖަމާއަތު ސްޓޭޑިއަމްގައި ކުރުމަށް އިސްނަގައިގެން އުޅެނީ ހުސެއިން އަލީ އެވެ. އޭނާ ބުނީ މިއަހަރުވެސް ބޮޑު ޖަމާއަތަށް ސްޓޭޑިއަމަށް ޕިކަޕްތަކުގައި ހިލޭ މީހުން ގެންދިއުން އޮންނާނެ ކަމަށެވެ. ޕިކަޕް ދަތުރުތައް ފެށޭނޭނީ ހެނދުނު 6:15 ން ކަމަށެވެ. އަދި އެންމެ ފަހު ދަތުރު ކުރާނީ ހެނދުނު 7:15 ކަމަށް ހުސެއިން ބުންޏެވެ.

ޕިކަޕް ޕޮއިންޓްތައް ހުންނަނީ އަމީނީމަގު އެވެ. އަމީނީމަގުގެ އިތުރުން ކޮރަލް ދަނޑު ކައިރިން ޕިކަޕް ދަތުރެއް އިންނާނެ ކަމަށާއި އެ ދަތުރު ކުރާނީ ހެނދުނު 7:00 ގައި ކަމަށް ހުސެއިން ބުންޏެވެ. ކޮރަލް ދަނޑު ކައިރީގައި ޕިކަޕް މަޑުކުރާނެ ތަން ފާހަގަކުރާނެކަމަށް އޭނާ މައުލޫމާތުދެ އެވެ.

ނަމާދުގައި ބައިވެރިނުވެވޭ އަންހެނުންނަށް ހުތުބާ އަޑު އެހުމުގެ ފުރުސަތު ހޯދައިދިނުމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާނެކަމަށާއި އަދި ބަލި މީހުންނަށް ނަމާދުކުރޭވޭނެ ގޮތަށް ގޮނޑިވެސް ހުންނާނެކަމަށް ހުސެއިން މައުލޫމާތު ދެ އެވެ.

ރަސޫލާގެ ސުންނަތާ އެއްގޮތަށް އީދު ނަމާދު ހުސްބިމެއްގައި އެއް ޖަމާއަތެއްގެ ގިނަ ރަށްތަކެއްގައި އަންނަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355