twitterviber whatsapp telegramfacebookyoutube instagram
15th August 2026

ނޮޅިވަރަމްގައި ފުރަތަމަ ފަހަރަށް ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަން ތައްޔާރުވަނީ

Jun 22, 2017

ހދ ނޮޅިވަރަމްގައި މިއަހަރުގެ ފިތުރު އީދު ނަމާދުކުރަން ހަމަޖެހިފައިވަނީ އެރަށުގެ ބަނދަރު ސަރަހައްދުގައި އޮންނަ ފުޓްބޯޅަ ދަނޑުގައި ކަމަށް ނޮޅިވަރަމް ކައުންސިލުން ބުނެފި އެވެ.

މިއީ ހުސްބިމެއްގައި ބޮޑު ޖަމާއަތުގައި ނޮޅީވަރަމްގައި އީދު ނަމާދުކުރާނެ ފުރަތަމަ ފަހަރެވެ.

އެރަށު ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު އާދަމް ވިދާޅުވީ އީދު ނަމާދު ހުސްބިމެއްގައި ކުރަން ނިންމީ ރަސޫލާގެ ސުންނަތް ދިރުވުމުގެ ގޮތުން ކަމަށެވެ.

މިއީ ފުރަތަމަ ފަހަރުކަމުން ހުރިހާކަމެއް އެންމެ ފުރިހަމަ ނުވެދާނެކަމަށް އޭނާ ވިދާޅުވި އެވެ. ދަނޑާއި ކައިރިން ފެން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސޭތޯ ބަލަމުން އަންނަކަމަށް އަހުމަދު ރަޝީދު ވިދާޅުވި އެވެ.

އަހުމަދު ރަޝީދު ވިދާޅުވީ ރަށުގައި އީދު ނަމާދުކުރާނީ ބޮޑު ޖަމާއަތުގައި އެކަނި ކަމަށެވެ. އިތުރު އެއްވެސް މިސްކިތެއްގައި އީދު ނަމާދު ނުކުރާނެކަމަށެވެ. ބޯޅަ ދަނޑު ސަރަހައްދު ތައްޔާރުކުރަނީ 1000 މީހުންނަށް ނަމާދުކުރޭވޭނެ އިންތިޒާމްތަކާއެކު އެވެ.

ބަލި މީހުންނަށް ގޮނޑިވެސް ހަމަޖެހިފައިހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެދުވަހު ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރެއްވުމަށް ރަށުން ބޭރުން ޝޭއިހަކު ހަމަޖެހޭ ތޯ ބަލަމުން އަންނަ ކަމަށް އަހުމަދު ވިދާޅުވި އެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމުގައި އެރަށުގެ ޖަމިއްޔަތުލް ރިސާލާގެ ދައުރު ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355