twitterviber whatsapp telegramfacebookyoutube instagram
15th August 2026

މިނިވަން ފުޓްބޯޅަ މުބާރާތް ކުޅުދުއްފުއްޓަށް ގެނައުމުގައި ޝަހުދީގެ ރޯލް ބޮޑު !

Jun 23, 2017

މިނިވަން ފުޓްބޯޅަ މުބާރާތުގެ ފައިނަލް ރައުންޑް ކުޅުދުއްފުއްޓަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ހަނިމާދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޝަހުދީ ކަމަށް އެފްއޭއެމްގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރު އުތުރުން ކުޅުދުއްފުށީގައި ބާއްވަން ނިންމާފައިވާއިރު ދެކުނުގައި ބާއްވަނީ ގދ. ތިނަދޫގަ އެވެ.

އެފްއޭއެމްގެ އޮފިޝަލަކު ވިދާޅުވީގޮތުގައި އުތުރުން ކުޅުދުއްފުއްޓަށް މި މުބާރާތް ގެނައުމަށްޓަކައި ހަނިމާދޫ މެމްބަރު ޝަހުދީ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށެވެ.

ޝަހުދީއަކީ އެފްއޭއެމްގެ އެކްސްކޯގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

އޭނާ ވިދާޅުވީ މިފަހަރުގެ ބިޑްތައް ހުރީ ވަރަށް ވާދަވެރިކޮށް ކަމަށެވެ. އަދި ކުޅުދުއްފުއްޓަށް މުބާރާތް އައުމުގައި މިރަށުގެ ދަނޑުތަކާއި ސަޕޯޓަރުންގެ ރޯލްވެސް ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355