twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދިރާގުން ކެއަރ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިންގ ކްލާސްތަކަށް އެހީތެރިކަން ފޯރުކޮށްދީފި

Jun 24, 2017

ދިރާގުން ކެއަރ ސޮސައިޓީގެ ފަރާތުން ހިންގުމަށް ގަސްތުކުރައްވާ ވޮކޭޝަނަލް ޓްރެއިނިންގ ކްލާސްތަކަށް ކޮމްޕިއުޓަރ ސިސްޓަމާއި ލެޕްޓްޕް އަދި ހައިސްޕީޑް އިންޓަނެޓް ކަނެކްޝަން ފޯރުކޮށްދީފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ފަރާތުން މިތަކެތި ކެއާސޮސައިޓީއާ ހަވާލުކޮށްދެއްވީ ކުންފުނީގެ ސީ.އީ.އޯ އަދި އެމް.ޑީ އަލްފާޟިލް އިސްމާއިލް ރަޝީދެވެ. ކެއަރ ސޮސައިޓީގެ ފަރާތުން މިތަކެއްޗާ ހަވާލުވެފައިވަނީ އެޖަމިއްޔާގެ ވައިސް ޗެއާޕާރސަން އަލްފާޟިލް އިސްމާއިލް އަދުހަމްއެވެ.

ދިރާގުން ވަނީ މީގެ ކުރިންވެސް ވޭތުވެދިޔަ އަހަރު ތަކުގައި ކުޑަކުދިން ހިމާޔަތް ކުރުމާއި ކުޑަކުދިންގެ ތައުލީމާއި ތަރައްގީއަށް މަސައްކަތްކުރާ އެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިއެވެ. އެގޮތުން މިދިޔަ އަހަރުގެ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ކެއަރ ސޮސައިޓީގައި އަރލީ އިންޓަވެންޝަން ކްލާހެއް ހިންގުމަށްވެސް އެހީތެރިކަން ވަނީ ފޯރުކޮށްދީފައިވެއެވެ.

ކުޑަކުދިން ހިމާޔަތްކުރުމާއި އެހީތެރިވުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ވަރަށް މުހިންމު ދާއިރާއަކަށްވެފައި މިކަމަކީ މި ޒިންމާގެ ދަށުން ކުރެވިގެންދިޔަ ވަރަށް މުހިންމު ކަމެއްކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މީގެ އިތުރުންވެސް، ކޮންމެ އަހަރަކު ދިރާގުން ބާއްވަމުން އަންނަ ދިރާގު މޯލްޑްވިސް ރޯޑް ރޭހަކީވެސް ކުޑަކުދިން ރައްކާތެރިކުރުމުގެ ޝިޔާރުގުގެ ދަށުން ބާއްވާ ރޭހެކެވެ. މީގެ އިތުރުން، ދިރާގު ސްޕެޝަލް ސްޕޯރޓްސް ފެސްޓިވަލަކީވެސް، ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކުރެވިގެން ބޭއްވޭ އެފަދަ އެންމެ ބޮޑު ހަރަކާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355