ބޭނުންވާ ތަކެތި:
2 ދަޅު ގެރިކިރު
14 ބިސް
1 ޖޯޑު ހިކިމޭބިސްކަދުރު
1 ޖޯޑު ޑްރައިޑް މިކްސްޑް ފުރުޓް
2 ސައިސަމުސާ ވެނީލާ އެސެންސް
2 ޖޯޑު ފެން
2 މޭޒުމަތީ ސަމުސާ ހަކުރު
ތައްޔާރު ކުރާނެގޮތް:
ފުރަތަމަ ގެރިކިރު، ބިސް، ކަސްޓަރޑް އަދި ފެން އެއްކޮށް ގިރާލުމަށްފަހު އެސެންސްވެސް އެއްކޮށްލާށެވެ. ދެން ފުރުޓްކޮޅާއި ހިކިމޭބިސްކަދުރު އެއްކޮށްލާށެވެ. ޓްރޭއަށް ހަކުރު އަޅާލާފައި އުނދުން މައްޗަށް އުދާލާފައި ހަކުރުކޮޅު ބްރައުންވީމާ މިކްސްކޮށްފައިހުރި ބައި ޓްރޭއަށް އަޅާފައި އަވަނުން ފިހެލާށެވެ.