twitterviber whatsapp telegramfacebookyoutube instagram
26th April 2024

އުރީދޫ މޯލްޑިވްސްގެ އައި.ޕީ.އޯ ކާމިޔަބުކަމާއެކު ނިންމާލައިފި

Jun 26, 2017

އުރީދޫ މޯލްޑިވްސްގެ އައިޕީއޯ 14،044،870 ޙިއްޞާ 8،219 ޙިއްޞާދާރުންނަށް ވިއްކުމަށްފަހު ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

ވިއްކާފައިވާ ހިއްސާއިން ޖުމްލަ 421،346،100 ރުފިޔާ ހޯދާފައިވާއިރު ވިއްކާފައިވާ ހިއްސާއަކީ ކުންފުނީގެ ދޫކޮށްފައިވާ ހިއްސާގެ %9.5 އެވެ. މި ހިއްސާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރެވުމާއެކު އުރީދޫ ވެގެންދާނީ ރާއްޖޭގައި ލިސްޓުކުރެވިފައިވާ އެންމެ ބޮޑު އެއް ލިސްޓެޑް ކުންފުންޏަށެވެ. އަދި އެންމެ ބޮޑު ފްރީ ފްލޯޓް އެޑްޖަސްޓެޑް މާކެޓް ކެޕިޓަލައިޒޭޝަން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި އޮތް ކުންފުންޏަށްވެސް އުރީދޫ ވެގެންދާނެއެވެ.

1002 ރަށަށް ބެހިފައިވާ 400000 ދިވެހިންނަށް އައިޕީއޯގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށްޓަކައި އުރީދޫ އިން ވަނީ ހާއްސަ ޑިސްޓްރިބިއުޝަން ސްޓްރެޓެޖީ އެއް ގާއިމްކޮށްފައެވެ. މި ސްޓްރެޓެޖީގެ ތެރޭގައި އިންވެސްޓަރުންނާއި ވަކިން ބައްދަލުކޮށް މާލެއާއި އަތޮޅުތަކުގެ ތެރޭގައި ރޯޑްޝޯތަކާއި ޓައުންހޯލްތަށް ބާއްވާ އަދި އެކި ދާއިރާތަކުގައި މަސައްކަތްކުރަށްވާ ބޭފުޅުންނާއި މަތީ ތައުލީމް ހާސިލް ކުރައްވާ ކުދިންނާއި އެހެނިހެން ރީޓެއިލް އިންވެސްޓަރުންނަށް މައުލޫމާތު ފޯރުކޮށްދީފައި ވެއެވެ.

މީގެ އިތުރުން މިއީ ހިއްސާ ގަތުމުގެ ހުރިހާ ކަމެއް އޮންލައިންކޮށް ފުރިހަމަކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ފުރަތަމަ އައިޕީއޯ އެވެ. މިގޮތުން ހާއްސަ އޮންލައިން ޕޯޓަލް އެއް ކަމަށްވާ އިންފިނިޓީ މެދުވެރިކޮށް ހިއްސާދާރުންނަށް ވަނީ ޑެޕޮސިޓަރީ އެކައުންޓު ހުޅުވައި ބޭނުންވާ ހުރިހާ މައުލޫމާތުތަކުގެގެ ސޮފްޓް ކޮޕީތައް އަޕްލޯޑްކޮށް އުރީދޫގެ ހިއްސާ އޮންލައިންކޮށް ގަތުމުގެ ފުރުސަތު ދީފައެވެ. ނަތީޖާ އެއްގެ ގޮތުން 8000 އަށް ވުރެ ގިނަ އިންވެސްޓަރުންނާއެކު އުރީދޫ ވެގެންދިޔައީ ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓަރ ކޮށްފައިވާ އެންމެ ބޮޑު ޝެއާހޯލްޑަރ ބޭސް ހިމެނޭ ކުންފުންޏަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355