އިންޑިޔާގެ ހަރްސުލް ވިލޭޖްގައި 36 އަހަރުގެ މަންމަ އާއި އެކު އޭނާގެ ދެ ދަރިން ދަންޖެހިގެން މަރުވެފައިވާ ތިއްބާ ފެނިއްޖެ އެވެ.
އިންޑިޔާގެ ހަބަރެއް ކަމަށްވާ މިޑްޑޭ އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިއްޔެ ހެނދުނެއްގެ ވަގުތެއްގައި ދަންޖެހިގެން ތިއްބާ ފެނިފައި ވަނީ އެމީހުން ދިރިއުޅޭ ގޭގެ ސީލިންގްގައި ވަލެއް އަށްސައިގެން ކަމަށެވެ.
އަދި އެއީ އެކުދިންގެ މަންމަ ހައުސާބައި ލޯކަންދޭ (36އ)، ފިރިހެން ދަރި ނީރަޖް (12އ) އަދި އަންހެން ދަރި މާދުރީ (10އ) ކަމަށެވެ.
ހަރްސުލް ފުލުހުން އެ ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ މީހުން މަރުވި ކަމުގެ ރިޕޯޓް ކޮށްފައި ވަނީ އެ ސަރަހައްދުގެ އަވަށްޓެރިން ކަމަށެވެ. އަދި ފުލުހުންނަށް މައުލޫމާތު ދެމުން އަވަށްޓެރި އަންހެނަކު ބުނިގޮތުގައި މީގެ ދެމަހެއް ކުރިން އޭނަގެ ފިރިމީހާވެސް ވަނީ ދަންޖެހިގެން މަރުވެފައި ކަމަށާއި އެކަމާމެދު އެ އަންހެން މީހާ ވަރަށް ވިސްނާ ކަމަށެވެ.
އަދި ފުލުހުން ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ނޭނގޭ ކަމަށާއި އެމީހުންގެ ޕޯސްޓްމޯޓަމް ހެދުމަށް ރަޖިސްޓުރީ ކޮށްފައިވާ ކަމަށެވެ