twitterviber whatsapp telegramfacebookyoutube instagram
20th April 2024

އަފީފުއްދީން ސްކޫލުގެ ޕީޓީއޭ އަކީ ނަމޫނާ ޕީޓީއޭ އެއް، ތިއްބެވީ ނަމޫނާ ބެލެނިވެރިން: ޕްރިންސިޕަލް

Jun 27, 2017

އަފީފުއްދީން ސްކޫލުގެ ޕީޓީއޭ އަކީ ނަމޫނާ ބައެކެވެ. މިގޮތުން ސްކޫލުގެ ކުރިއެރުމަށް ކޮންމެ އަހަރަކުވެސް ބޮޑެތި ހޭދަތަކެއް ކުރަމުން ގެންދެއެވެ. ދާދި މިދާކަށް ދުވަހު އެސްކޫލުގެ ޕީޓީއޭއިން ވަނީ 55 އިންޗީގެ 12 ޓީވީ ސްކޫލަށް ހަދިޔާކޮށްފަ އެވެ. މި ޓީވީތައް ގަތުމަށް 129222.48 (އެއްލައްކަ އޮނަތިރީސްހާސް ދުއިސައްތަ ބާވީސްރުފިޔާ އަށާޅީސް ލާރި) ހަރަދުވެފައި ވެއެވެ. މިޓީވީ ތަކަކީ އެ ސްކޫލުގައި އަލަށް އިމާރާތް ކުރެވުން 12 ކުލާސްރޫމުގައި ބެހެއްޓުމަށް ހޯދުނު ޓީވީތަކެއްކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ.

“މި ޓީވީތަކަކީ ވޭތުވެ ދިޔަ އަހަރުގެ ޕީޓީއޭގެ ހިންގާ ކޮމިޓީން ހޯދުމަށް ނިންމައިފައިވާ ޓީވީތަކެއް. އެހެންނަމަވެސް ޓީވީތައް ހޯދުމުގެ މަސައްކަތް މިކުރެވުނީ އައުއިމާރާތް ނިމުމާއެކު. ޓީވީތައް ހޯދުން އަވަސް ކުރުމަށް މިއަހަރުގެ ޕީޓީއޭއިން ވަރަށްބޮޑު މަސައްކަތްތަކެއް ކުރެއްވި. ގާތްގަނޑަކަށް 5 ފަހަރު އިއުލާނުކުރެވިގެން މިކަން މިކުރެވުނީ. މިއާއި އެކު މިވަގުތައް ސްކޫލުގެ ހުރިހާ ކުލާސްރޫމެއް ޑިޖިޓަލައިޒް ކުރެވުނީ. މިހެންވުމުން މުދައްރިސުން ކިޔަވާ ދެއްވުމުގައި ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެން ދާނެ. ޕީޓީއޭއިން މިކުރެއްވި މަސައްކަތް އަޅުގަނޑު ބަލައިގަންނަނީ ޝުކުރުވެރިކަމާއެކު. މީގޭން މިދައްކުވައިދެނީ މިސްކޫލުގެ ބެލެނިވެރިންގެ އިހްލާސްތެރިކަން.” ޕްރިންސިޕަލް ވިދާޅުވި އެވެ.

ކޮންމެ އަހަރަކުވެސް ސްކޫލުގެ ތަރައްގީއަށް އެސްކޫލުގެ ބެލެނިވެރިން ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގަންނަވަ އެވެ. މިއަހަރުގެ މިހާތަނަށް ޕީޓީއޭއިން ފަންޑު ހޯދުމުގެ ބޮޑު ދެޙަރަކާތެއް ކާމިޔާބުކަމާއެކީ ވަނީ ނިންމާލާފަ އެވެ. އަދި އެސްކޫލުގައި ވޯކުވޭ ހެދުމުގެ މަސައްކަތްވެސް ޕީޓީއޭއިން ވަރަށްބާރު ދުވެއްޔައްގައި ކުރިއަށް ގެންދާކަމުގައި ސްކޫލުން ވިދާޅުވެ އެވެ. އަދި މިއަހަރު ތެރޭ މިމަސައްކަތްވެސް ނިމިގެންދާނެކަމުގެ ވަރަށްބޮޑު އުންމީދެއް އޮތްކަމަށްވެސް ޕްރިންސިޕްލް ވިދާޅުވި އެވެ.

ޕްރިންސިޕަލް ނާސިހާ އިދުރީސް އެސްކޫލުގެ ޕީޓީއޭއާމެދު ވިދާޅުވަނީ “ޖުމްލަ ގޮތެއްގައި މި ސްކޫލުގެ ޕީޓީއޭއާމެދު ދަންނަވާލާނީ ޢަފީފުއްދީން ސްކޫލުގެ ޕީޓީއޭއަކީ ނަމޫނާ ޕީޓީއޭ އެކޭ އަދި މި ސްކޫލުގައި ތިއްބެވީ ނަމޫނާ ބެލެނިވެރިންނޭ”

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355