twitterviber whatsapp telegramfacebookyoutube instagram
17th February 2026

އެސްޓީއޯއިން ކުޅުދުއްފުއްޓަށް ގެނައި ގިނަ އަދަދެއްގެ ބިސް ނުވިކި، ފީވެގެން އުކާލައިފި

Jun 28, 2017

ރޯދައަށް އެސްޓީއޯއިން ކުޅުދުއްފުއްޓަށް ގެނައި ގިނަ އަދަދެއްގެ ބިސް ނުވިކި، ފީވެގެން އުކާލައިފި އެވެ.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ރޯދައަށް އެސްޓީއޯއިން ކުޅުދުއްފުއްޓަށް ފިޔާ، އަލުވި އަދި ބިސް ގެނެސް ވިއްކަން ފެށުނީ ރޯދަމަސް ފެށުނު ފަހުން ނެވެ. އެތަކެތި ކުޅުދުއްފުއްޓާ ހަމައަށް ގެނައި އިރު އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިފަހަރުވެސް ވަނީ ލޮނުޖެހި ގިނަ އަދަދެއްގެ ތަކެއްޗަށް ގެއްލުންވެފަ އެވެ.

ރޯދަ ފެށުނުއިރު އެތަކެތި ވިއްކިފައިނުވާތީ ތަނުގައި ހުރެގެން ގިނަ ބިސް ވަނީ ފީވެފަ އެވެ. ފީވި ބިސްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ބިސް އިއްޔެ ވަނީ ކުޅިކޮއްޓަށް އުކާލާފަ އެވެ.

އެސްޓީއޯއިން އިއްޔެ ފީވެގެން ގޮނޑަށް އުކާލި ބިސްތައް–

ބޮޑު ދެ ލޮރީގެ ބިސް ފީވެގެން އުކާލިކަމަށް މަންޒަރު ދުއް މީހުން މައުލޫމާތުދެ އެވެ. މީގެ ކުރީގެ އަހަރުތަކުގައިވެސް ނުވިކި ހަލާކުވުމުން ކުނިކޮއްޓަށް އަޅާލަ އެވެ.

ކުނިކޮއްޓަށް އުކާލާ މިފަދަ ތަކެތި ހޮވާގެން ގިނަ ބަޔަކު ގެއަށް ގެންގޮސް ބޭނުންވެސް ދަނީ ކުރަމުންނެވެ.

މިހާރު ކުޅުދުއްފުށީ އެސްޓީއޯ ފިހާރައިގައި ބިސް ކޭހެއް ވިއްކަމުންދަނީ 50ރ އެވެ. އަދި ފިޔާ ބަސްތާއެއް ހުރީ 75ރ އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355