twitterviber whatsapp telegramfacebookyoutube instagram
17th April 2026

މުބާރާތް ހޯސްޓްކުރުމަށާއި ޓީމަށް 3 ލައްކަ ރުފިޔާ ކަނޑައަޅައިފި

Jun 28, 2017

މުބާރާތަށް ކުރަން ޖެހޭ ހަރަދުތައް ކުރުމަށާއި ޓީމުގެ ހަރަދުތަކަށް ކައުންސިލުން 3 ލައްކަ ރުފިޔާ ކަނޑައަޅައިފި އެވެ.

ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވިގޮތުގައި 3 ލައްކަ ރުފިޔާ ހަރަދުކުރަން ކަނޑައެޅި ނަމަވެސް ސްޕޮންސަރގެ ގޮތުގައި އާއި އިތުރު އެެހެން ގޮތްގޮތުން ފައިސާ ލިބޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ދަނޑުގައި ބަހައްޓާ ބޯޑުތައް ސްޕޮންސަރ ކޮށްގެން ކައުންސިލަށް ފައިސާ ހޯދޭނެ ގޮތްތަކެއް ހަމަޖެހިފައިވާ ކަމަށާއި އެހެން ކަމުން ކައުންސިލް މާލިއްޔަތަށްވެސް އެކަމުން ލުއިވެގެންދާނެކަމަށް ލަތީފް ވިދާޅުވި އެވެ. ބޯޑުތަކުގައި އިސްހާރުކުރުމަށް ވިޔަފާރިވެރިންނާ ވާހަކަދައްކަމުންދާއިރު ބޯޑެއް ވިއްކަނީ 10،000ރ އާއި 15،000ރ އެވެ.

އަބުދުލް ލަތީފް ވިދާޅުވީ ސްޓޭޑިއަމް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ ޖަމިއްޔާތަކާއި ގުޅިގެން ކަމަށެވެ. އަދި އަންނަ ޓީމުތަކަށް މަރުހަބާ ކިޔުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ޕޯޓް ގަ ކަމަށާއި އެކަމަށް ޕޯޓްގެ ބޭފުޅުންނާއި ވާހަކަ ދައްކާފައިވާކަމަށެވެ. ޕޯޓްގެ ފަރާތުން އެކަމަށް ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާނެކަމަށް އެބޭފުޅުން ވިދާޅުވެފައިވާކަމަށް ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަތޮޅުބުރުގައި ޒޯން ބުރުގައި އަދި ފައިނަލް ރައުންޑް ޓީމަށާއި މުބާރާތް ހޯސްޓްކުރުމަށް ދިޔަ ހަރަދުތައް އާއްމުކޮށް އިއުލާންކުރާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355