twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ ބާޒާރުގައިވެސް ” ފޭކް ޕްލާސްޓިކް ބިސް” !

Jun 28, 2017

ފޭކް ޕްލާސްޓިކް ކުކުޅު ބިސް މާލޭގެ ބާޒާރުގައި ވިއްކާ އަޑު ތިޔައިގެ ތެރެއިން ގިނަ ބަޔަކަށް މިހާރު އޮންނަނީ އަޑުއިވިފައި އެވެ. މާލޭގެ ބާޒާރުގައި ވިއްކާ ކޮންމެ އެއްޗެއްވެސް މުޅި ރާއްޖޭގެ ހުރިހާ ރަށަކުންވެސް ލިބެން ހުންނާނެ އެވެ.

މާލޭއިން އެންމެ ގިނައިން މުދާ އެތެރެކުރާ އެއް ރަށްށަކީ ކުޅުދުއްފުއްޓެވެ. އެހެންކަމުން މާލޭއަށް އެތެރެކުރާ މުދާ އެންމެ އަވަހަށް ލިބެންހުންނާނެ އެއް ރަށްށަކަށްވެސް ކުޅުދުއްފުށީ ވާނެ އެވެ.

ކުޅުދުއްފުށީގައި އަމިއްލަ ވިޔަފާރިވެރިޔަކު ހިންގާ ފިހާރައަކުން ވެސް މިވަނީ ފޭކް ޕްލާސްޓިކް ކުކުޅު ބިސް ފެނިފަ އެވެ. ނަން މަޝްހޫރު އެފިހާރައިން މިދިޔަ ހޮނިހިރު ދުވަހު ކުޅުދުއްފުށީ މީހަކު ގަތް ބިސް ކޭހެއް މިވަނީ “ފޭކް” ވެފަ އެވެ.

އޭނާ އެ ބިސް ކޭސް ގަތީ 450ރ އަށެވެ. އެކަން ތަޖުރިބާކުރި ޝިފާނާ މިރޭ ކޭއޯގައި ވާހަކަދައްކަމުން ބުނީ ފޭކް ބިސްކަން ފާހަގަކުރެވުނީ ބިސް ތަޅާލުމުން ބިހުގެ ހުދު ބައިގެ މަތީ ފަށަލަ އާދަޔާ ހިލާފަށް ހަރުވުމުން ކަމަށެވެ.

ޝިފާނާއަށް ގަނެވުނު ފޭކް ބިސް ކޭސް އަދި ބިހުން ނެއްޓުނު ހަރުބައި–

” ބިސް ތަޅާލުމުން ތޮށިގަނޑާ ޖެހިގެން އިންނަ ހުދު ބައި ހަރުވެފައި ހުރީ. އެބަ ވަކި ނެއްޓޭ، ވަކިން ހަރުކޮށް ނެއްޓުނު ބައި އަލިފާނުގައި ޖެއްސުމުން ވިރިގެން ދިޔަ ” ޝިފާނާ ބުންޏެވެ.

ޝިފާނާ ބުނީ އެ ބިސް ކޭހުން ބިސް ބޭނުންކުރެވިފައިވާނޭ ކަމަށާއި އެކަމަކު ބޭނުންކުރެވިފައިވަނީ އެއް ޓްރޭކަމަށެވެ. ކުރިން ބިސް ބޭނުންކޮށްފައިވާނީ އެކި ވައްތަރުގެ ކާތަކެތި ހެދުމަށް ކަމަށާއި އެއިރު އެކަން ފާހަގަ ނުކުރެވުނުކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ބިހުގެ ވަކިން ނެއްޓުނު ހަރުބައި ފެން އަޅައި ދޮވެލުމުން ފުއްޕާހަމުގެ ރަބަރު ބަޔާއި ވަކި ތަފާތެއް ނެތް ކަމަށެވެ.

ކުޅުދުއްފުށީ ބާޒާރުވެފައިވަނީ މުޅި ބޮޑުތިލަދުންމަތީގެ ރައްޔިތުން މުދާ ގަންނަ ބާޒާރަކަށްވެފަ އެވެ.

އެ މައްސަލައާ ގުޅިގެން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރި ޓްވީޓެއްގައި ބުނީ އާޓިފިޝަލް ބިސްތަކެއް ރާއްޖޭގައި ވިއްކާ ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް އެފަދަ ކަމެއް ފެނިފައެއް ނުވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު  ދުވަހު ނޫސް “މިހާރަށް” ވިދާޅުވެފައިވަނީ އެއީ ހަގީގަތެއް ނަމަ، ޑަބްލިއުއެޗްއޯ ފަދަ ބައިނަލްއަގްވާމީ ސިއްހީ ޖަމިއްޔާތަކުން އެކަމުގެ އިލްތިމާސް ނެރޭނެ ކަމަށެވެ. އެކަމަކު މިހާތަނަށް، އެއްވެސް ތަނަކުން އެ ފަދަ އެލާޓެއް ނެރެފައި ނެތް ކަމަށް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355