twitterviber whatsapp telegramfacebookyoutube instagram
15th August 2026

ޕްލާސްޓިކް ކުކުޅު ބިސް ރާއްޖެއަށް އެތެރެކުރިކަން ފާހަގަކުރެވިފައެއް ނެތް

Jun 29, 2017

ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ ކުކުޅުބިހުގެ ތެރޭގައި އާޓިފިޝަލް ކުކުޅު ބިސް ހުރިކަން ފާހަގަކުރެވިފައެއް ނެތްކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އާ ހަވާލާދީ އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީ މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެފަދަ ބިސް ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާކަމަށް ފާހަގަ ކުރެވިފައިނުވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ހާމަކޮށްފައިވާ ކަމަށާއި އެއްވެސް ފަރާތަކުން މިފަދަ ކުކުޅު ބިހާ މެދު ޝައްކުވާނަމަ އެކަން ސަރުކަރުގެ ކަމާބެހޭ ފަރާތްތަކާއި ހިއްސާ ކުރެއްވުމަށް އެމިނިސްޓްރީން އިލްތިމާސް ކުރާކަަމަށެވެ.

މީގެ އިތުރުން ރައްޔިތުން ކަންބޮޑުވާގޮަތަށް އަދިވެސް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާއާއި ހަބަރުފަތުރާ އެހެނިހެން ވަސީލަތްތަކުން ހަގީގަތް އޮޅޭ ގޮތަށް މިވާހަކަ ފަރަތުރަމުންދާތީ އެކަން އެގޮތަށް ނުކުުރުމަށްވެސް މި ބަޔާނުގައި ވަނީ އިލްތިމާސް ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355