މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް ފިހާރަތަށް އަދި ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން ބަންދުކުރާގަދި ބަދަލުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައި ވަނީ ފިހާރަތަށް ރޭގަނޑު ދިހައެއް ޖަހާއިރު އަދި ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން ދަންވަރު ބާރަ ޖަހާއިރު ބަންދުކުރަން ޖެހޭނެ ކަމަށެވެ.
އަދި ރަމަޟާން މަހު އާންމު ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމުގެ ގޮތުން ފިހާރަތަށް ބަންދުކުރާ ގަޑި ރޭގަނޑު އެގާރަ ޖަހާއިރަށް އަދި ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ފަތިހު ތިނެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.
އެހެން ނަމަވެސް މިއަދުން ފެށިގެން މި އުސޫލާއި ހިލާފްވާ ފަރާތްތައް 2000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށާއި ހަ ރޯދަ ނިމެންދެން އެގޮތަށް އޮތުމަށްފަހު ކުރިއެކޭ އެއްގޮތަށް ފިހާރަ، ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން އަވަހަށް ބަންދު ކުރުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.