twitterviber whatsapp telegramfacebookyoutube instagram
25th April 2024

ނޮޅިވަރަމު ބަނދަރުގައި ޕާކެއް ތަރައްޤިކުރަނީ

Jul 3, 2017

-ނަސްރުﷲ ހަލީލް-

ހދ ނޮޅިވަރަމު ބަނދަރުގައި ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. ހދ އަތޮޅުގެ ދެވަނައަށް އެންމެ އަބާދީ ބޮޑު ނޮޅިވަރަމު ބަނދަރު ސަރަހައްދުގައި ހުންނަ ބޮޑު ނިކަގަހެއްގެ ދަށުގައި ތަރައްޤީކުރާ މި ޕާކަކީ އދ. ރަންގަލީގައި ވަޒީފާއަދާކުރާ ނޮޅިވަރަމުގެ ބައެއް މުވައްޒަފުން ތަރައްޤީކުރާ ޕާކެކެވެ.

މި ޕާކު ހެދުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ އަބްދުﷲ އަބްދުއްރަޙީމް ވިދާޅުވީ “ކަމުގެ އަމަލީ މަސައްކަތް އަދި ކިރިޔާ ފެށުނެއްކަމަކު، މި ކަމަކީ މީގެ 3 އަހަރެއްހާ ދުވަސް ކުރީންސުރެ ޗަންދާ ނަގައިގެން ކުރަމުން އަންނަ މަސައްކަތެއް” ކަމަށެވެ. އަދި މިޕާކަކީ ރާއްޖޭގެ ފެންވަރުގައިވެސް ހޮވާލެވޭ ފަދަ ޕާކަކަށް ހެދުމުގެ އަޒުމުގައި ފެށި މަސައްކަތެއް ކަމަށް ވެސް މައުލޫމާތު ދިނެވެ.

އަބްދުﷲ އިތުރަށް ވިދާޅުވީ ވަރަށް ގިނަ ފަރާތްތަކުން އެހީވާން ބޭނުންވެ އެވާހަކަ ދައްކާކަމަށެވެ. އެފަދަ ފަރާތްތަކުން، 7944301 (އަބްދުﷲ) ނުވަތަ 9761640 (އިދްރީސް) އާ ގުޅައިގެން ކުރިއަށް ގެންދިއުމަށެވެ. އަދި “އަޅުގަނޑުމެންނަށް ނޭނގި އެއްވެސް ފަރާތަކުން އަމިއްލައަށް ފާކުގެ ސަރަހައްދަށް އެއްވެސް އެއްޗެއް ވެއްދުމަކީ ޤަބޫލުކަމެއް ނޫން” ކަމަށެވެ. އަބްދުﷲ ވިދާޅުވީ މިކަމަށް އެހީތެރިވެ އެއްބާރުލުން ދެއްވާ ހުރިހާ ފަރާތްތަކަށް ޝުކުރުވެރިވާކަމަށެވެ.

ޒުވާނުންތަކެއް އިސްނަގައިގެން ތަރައްގީކުރަމުންދާ ޕާކް– ފޮޓޯ: ނޮޅިވަރަމް ލައިވް

މިހާރުވެސް އެ ސަހަރައްދު ވަށައިގެން ފާހަގަކޮށް ގިނަ އަދަދެއްގެ ޖޯލި އުނދޯލިތަކެއް އެލުވާ، އިށީއިނުމަށް ބެންޗުތަކެއް ވަނީ ބަހައްޓާފައެވެ. އެއާއެކު މިސަރަހައްދު ހަވީރު ފިންޏަށް މަޑުކޮށްލާ މައިޒާނަކަށްވެ ކުޑަކުދީންނާ އެކި އުމުރުގެ މީހުން މިޕާކުން އުފާވެރިކަން ހޯދަންވަނީ ފަށާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355